ޣައްޒާގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހު އިސްރާއީލުން ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހު އިސްރާއީލުން ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފި އެވ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހުގެ ކުލާސްތަކަށް ފަހު، ޢުމުރުން އެންމެ އަށް އަހަރުގެ ފަލަސްޠީނު އަންހެން ކުއްޖަކާއި އޭނާގެ ބައްޕަ އިސްރާއީލުން އާދީއްތަ ދުވަހު ޣައްޒާ ސިޓީއަށް ދިން ޙަމަލާއެއްގައި ޝަހީދުކޮށްލައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޝަހީދުވެފައިވަނީ ވަފާ ޔޫސުފް ނަބީލް އަކީލާ އާއި އޭނާގެ ބައްޕަ ޔޫސުފް ނަބީލް ރަބީޢު އަކީލާ އެވެ.

މި ދެބަފައިން ދަތުރުކުރަމުންދިޔަ ކާރަށް އިސްރާއީލުގެ ޑްރޯން ޙަމަލާއެއް އަމާޒުކުރީ ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައިވާ ހާމިދު ހަތަރުއަނގޮޅި ކައިރިންނެވެ. އައްޝިފާ ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި މި ޙަމަލާގައި ފަލަސްތީނު އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފަ އެވެ.

މި ޙަމަލާގެ ކުރިން ޢާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ، ސްކޫލް ޔުނީފޯމުގައި ވަފާ ހިނިތުންވުމާއެކު އޭނާގެ ފުރަތަމަ ދުވަހުގެ އުފާ ފާޅުކުރަނިކޮށެވެ. މި ޙަމަލާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް، ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެވުނު ނަމަވެސް، ޢަމަލީ ގޮތުން އެކަން ތަންފީޒުނުވާކަމާއި ޢާންމު ރައްޔިތުން މަރުވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އިސްރާއީލު އަސްކަރިއްޔާއިން ފުރަތަމަ ބުނީ މި ޙަމަލާއަކީ ހަމާސްގެ މެންބަރަކަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށެވެ. އަދި ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ޔޫސުފް އަކީލާއަކީ ހަމާސްގެ ނުޚްބާ ފޯސްގެ ކޮމާންޑަރެއް ކަމަށާއި، އޭނާއަކީ އިސްރާއީލާ ދެކޮޅަށް ޙަމަލާތައް ރާވާ މީހެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އިސްރާއީލުން ޢާންމުކޮށްފައެއްނުވެ އެވެ.

ވަފާ ޝަހީދުކޮށްލުމާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނާއި އެ ޤައުމަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޢާންމު ޙާލަތްތަކުގައި ކުދިން ސްކޫލަށްދާ އުފާވެރި މަންޒަރުތަކާއި ޣައްޒާގައި ކުޑަކުދިން މަރަމުންދާ ހިތްދަތި މަންޒަރުތަކާ އަޅާކިޔައި ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ޣައްޒާގެ ރަސްމީ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ބައެއް އަލްޓަނޭޓިވް އެޑިއުކޭޝަން ސެންޓަރުތައް މިހާރު ވަނީ ހުޅުވިފަ އެވެ.

އިސްރާއީލުގެ ޙަމަލާތަކުގައި ޣައްޒާގެ ތަޢުލީމީ ނިޒާމުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ. މީގެ ސަބަބުން އެތައް ހާސް ކުދިންނަކަށް ކިޔަވަން ޖެހިފައިވަނީ ފޭލިގެތަކުގައާއި، ވަޤުތީ ގޮތުން ހަދާފައިވާ ކުލާސްރޫމުތަކުގަ އެވެ. ވަފާއަށްޓަކައި ސްކޫލަށް އެނބުރި ދިއުމުގެ އުފާ ލިބުނީ އެންމެ މަދު ގަޑިއިރުތަކަކަށެވެ.

އާދީއްތަ ދުވަހު އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ވަފާގެ އިތުރުންވެސް އެތައް ބަޔަކު ވަނީ ޝަހީދުވެފަ އެވެ. ޣައްޒާގެ މެދުތެރޭގައި ހުންނަ ސަކީނާ ސްކޫލަށް އިސްރާއީލުން ދިން އާޓިލަރީ ހަމަލާއެއްގައި އުމުރުން ހަތް އަހަރުގެ ސާޢަދީ ޣަލިއްޔާ ވަނީ ޝަހީދުވެފައެވެ.

މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ އާއިލާތައް ވަޤުތީ ގޮތުން ހިޔާވަހިކަން ހޯދަމުންދިޔަ ތަނެކެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ރިމާލް ސަރަޙައްދުގައި ދިން ޑްރޯން ޙަމަލާއެއްގައި ޤުމުރުން 28 އަހަރުގެ މުޙައްމަދު އާތިފް އަރަފާތު ސުއްކަރު ޝަހީދުވެފައިވާއިރު، ފަލަސްޠީން ސްޓޭޑިއަމް ކައިރިން ބަޑިޖަހައި ޒަޚަމްކޮށްލި ޢުމުރުން 19 އަހަރުގެ ޙަސަން ޢަލީ ސަޤައްލާ ވެސް ވަނީ ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.