
ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ 2ވަނަ ހޭންޑްބޯލް މުބާރާތުގައި އަންނަ އަހަރުގެ ފެބްރުއަރީގައި…
ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ 2ވަނަ ހޭންޑްބޯލް މުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ސަރުޚާރުގެ އޮފީސް / ކުންފުނިތަކުގެ 2 ވަނަ ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ން 15އަށް ކަމަށެވެ.
އަދި މި މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު، އަންނަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޮނުވަންޖެހޭ ކަމަށާއި އެކަމަށްއެދޭ ފޯމު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހުންނަ އެ އެސޯސިއޭޝަންގެ އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް އެ އިޢުލާމުގައި ވަނީ ބުނެފައެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޓީމު ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 5 ޖެނުއަރީ 2017 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 14:00 ކަމަށްވެސް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެއެވެ.
މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9989922 ނުވަތަ 7978678 ނަމްބަރ ފޯނަށް ގުޅުއްވުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.



