ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުން ކުދިންގެ ޚިޔާލު ހޯދައިފި

ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންނާ ގުޅޭގޮތުން އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާއި ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑު އަހައި، އެކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ ފަދަ ކުޑަކުދިންނާ ރަޙުމަތްތެރި މާޙައުލެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަޝްވަރާ ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން، އަތޮޅުތެރޭގެ އެކި ސްކޫލްތަކުންގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ޤާނޫނުގައި ހިމެނޭ އެކި މާއްދާތަކާ ގުޅޭގޮތުންނާއި، ކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި، ކުދިންގެ ރައްކާތެރިކަމާއި ޒިންމާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުދިން ދެކޭގޮތް މި ބައްދަލުވުމުގައި ވަނީ ޙިއްޞާކޮށްފަ އެވެ.

މިފަދަ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި އެކުދިންގެ ވިސްނުމާއި ޚިޔާލުތަކަށް އިސްކަންދީ، ކުދިންގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތްކުރުމެވެ. މި ބައްދަލުވުމުން ލިބުނު މަޢުލޫމާތާއި ޚިޔާލުތަކަށް ބިނާކޮށް، ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރެވިގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.