މިދައުރުގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެގެންދާނެ: އިޙްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރު ނިމިގެންދާއިރު ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފި އެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ނިމިގެންދާ އިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ބޭނުންވާނެ އިންފްރާސްޓްރަކްޗަރތަކާއި މެއިންޕަވާރތައް ގާއިމްވެގެންދާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ފުލުހުންނަށް ބޭނުންވާނެ އެންމެ ފުރިހަމަ ތަމްރީނުތައްވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

މިއަދަކީ ރާއްޖޭގެ ޑިމޮކްރެޓިކްގެ ހަޔާތުގަ ވަރަށް މުހިންމު ދުވަހެއް. އަސްކަރީ ޚިދުމަތެއްގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް އޮތުމަށް ފަހުގަ މިބަދަލުވެގެން އައި މަދަނީ ޚިދުމަތަކަށް. ފާއިތުވި 22 ވަރަކަށް އަހަރަށް ބަލާލާއިރު މުޅި ދިވެހިރާއްޖެގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް އަދިކިރިޔާ މިގާއިމްވެގެން މިދިޔައީ. އަޅުގަނޑު ފާހަގަކޮށްލާނަން ސަރުކާރާ ހަވާލުވިއިރު އެންމެ 17 ރަށެއްގަ ފުލުހުންގެ ޚިދުމަތް ދެމުން އައީ. ފުލުހުންގެ ޚިދުމަތް 22 އަހަަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް މީހުން އިތުރުވެ، ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތީމަ އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނާ ހިސާބަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. މިއަދު އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތްތައް އެބަދޭ ކުރިއަށް. ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަން ކުރިއަށް އެބަދޭ. ވަޒީރު އިޙްސާން

ވަޒީރު ވިދާޅުވީ ފުލުހުންގެ އިދާރާ ބައްޓަންވާން ޖެހޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމުގެ އިހުސާސު މިހާރު ވަމުންދާ ކަމަށާއި ފުލުހުންނަށް ބޭނުންވާ ދާއިރާތަކުން ޚާއްސަ ތަމްރީނުތައް ވެސް ފުލުހުންނަށް މިހާރު ލިބެމުންދާ ކަމަށެވެ.

މީގެ އިތުރަށް ކުރިއަށް މިއޮތް އަހަރަކީ ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަސްތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ފުލުހުންނާއި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި އަދި ފުލުހުންގެ ޢައިލާތަކަށް ދަންނަވާފައެވެ.

މިއަދު ކުރިއަށްދިޔަ ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.