އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް

މި އަހަރުގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މިނިސްޓްރީން އިންތިޒާމުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން އިންޖިއަރސް އެވޯޑު ދިނުމާއި، އެ ދުވަހާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން ދަރިވަރުންނަށް ހާއްސަކޮށްގެން ސައިޓު ވިޒިޓްތަކެއް ހިމެނޭއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންޖިނިއަރސް އެވޯޑު

އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބާއްވާ އެންމެ ހާއްސަ ހަރަކާތަކީ އިންޖިނިއަރިން އެވޯޑު ދިނުމުގެ ރަސްމިއްޔާތެވެ. ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ”އިންޖިނިއަރސް އެވޯޑު“ ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި ހަފްލާގައި އިންޖިނިއަރިން ދާއިރާ އިން 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންގެ ހަވީރު

ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއާއި ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާއާއި އިންޖިނޭރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ 29 އޮގަސްޓު 2026 ގައެވެ. މި ހަވީރު ކުރިއަށް ދާނީ އެ ދުވަހުގެ 16:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ކުޑަކުދިންގެ ހަވީރުގެ މައިގަނޑު ބޭނުމަކީ ޒުވާން ޖީލުގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުކުރުމެވެ.

މި ހަވީރުގައި އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާއްސަ ސްޓޯލްތަކެއް ފެނިގެންދާނެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަކީ:

  • މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
  • ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
  • މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)
  • ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)
  • ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
  • އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (މޯލްޑިވިއަން)
  • މިނިސްޓްރީ އޮފް އެންވަޔަރަމަންޓް / ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)

މި ސްޓޯލްތަކުގެ ޒަރީއާއިން އިންޖިނިއަރިންއާ ގުޅުންހުރި ތަފާތު އިލްމީ އަދި މަޖާ ހަރަކާތްތައް އަމަލީގޮތުން ތަޖުރިބާކޮށް، އެ މުއައްސަސާތަކުގެ އިންޖިނިއަރުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ކުޑަކުދިންނަށާއި އާންމުންނަށް ލިބިގެންދާނެއެވެ.

ސައިޓް ވިޒިޓްތައް

އިންޖިނިއަރިން އަށް ދަރިވަރުންނަށް އަހުލުވެރިކުރުވުމަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓް ތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ސައިޓް ވިޒިޓްތައް ބާއްވަނީ 5 ސެޕްޓެމްބަރު 2026ގައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ސައިޓް ވިޒިޓްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު ކޮންމެ އަތޮޅެއްގެވެސް މަދުވެގެން ދެ ރަށެއްގައި އެ ރަށެއްގައި ކުރިއަށްގެންދާ މަޝްރޫއެއްގެ ސައިޓަށް ނުވަތަ އިންޖީނުގެ އަށް ދިއުމަށް ވަނީ ރާވާފައެވެ. އަދި އެތަނަށް ގޮސް، އެ މަޝްރޫޢެއްގައި ނުވަތަ އިންޖީނުގޭގެގައި އިންޖިނިއަރުންގެ ދައުރަކީ ކޮބައިކަން ކިޔައިދޭނެއެވެ.

މާލޭގައި މިހާރު ކުރިއަށްގެންދާ އެއް ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖް އަށްވެސް ސައިޓް ވިޒިޓް އެއް ރޭވިފައިވެއެވެ. މި ސައިޓް ވިޒިޓްތައް ރާވާފައި މިވަނީ އެކި އުމުރުފުރާގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށެވެ. އަދި، މި ވިޒިޓްތަކުގައި އިންޖިނިއަރުން އޮން ސައިޓްގައި ކުރާ މަސައްކަތްތަކާއި މިކަހަލަ މަޝްރޫއެއްގައި އިންޖިނިއަރުންގެ ދައުރު ކިޔައިދެވޭނެއެވެ.

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓު މަހުގެ 30 އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.