ދ. މީދޫގެ ނަރުދަމާ ނިޒާމުގެ ބައެއް ވަސީލަތްތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ދިރާސާތައް ފަށައިފި

ދ. މީދޫގެ ނަރުދަމާ ނިޒާމުގެ ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް (އެސްޓީޕީ) އަދި އެއާ ގުޅުންހުރި ބައެއް ވަސީލަތްތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީ އާއި ފެނަކަ ކޯޕަރޭޝަންގެ އިސް ވަފުދެއް 26 އޮގަސްޓް 2026 ގައި އެރަށަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ވޯޓާ ޑިޕާޓްމަންޓުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިޝް ޔޫސުފާއި، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުޞްޠަފާ އަދި ސިވިލް އިންޖިނިއަރ ޢަބްދުއްލަޠީފެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސީނިއަރ އިންޖިނިއަރ މުޙައްމަދު ނަޢީމް އަދި ޒޯން މެނޭޖަރ މުޙައްމަދު ވަސީމް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ، މީދޫ ކައުންސިލުން މިހާރުގެ އެސްޓީޕީ ހުރި ބިމުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ބޭނުންވާތީ، އެސްޓީޕީ އާއި އެއާ ގުޅުންހުރި ވަސީލަތްތައް ފެނަކައިގެ އައު ޔުޓިލިޓީ ސައިޓަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ކަންކަން ބަލައި ދިރާސާކުރުމެވެ.

މި ދަތުރުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރު ބޭނުންކުރަމުންދާ ވެކިއުމް ސްޓޭޝަނާއި ޕަމްޕް ސްޓޭޝަން އެ ހުރިގޮތަށް ބަހައްޓައިގެން، އެސްޓީޕީ ބަދަލުކުރުމުގައި ދިމާވެދާނެ ޓެކްނިކަލް، މާލީ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ނަރުދަމާގެ އިންފްރާސްޓްރަކްޗަރ ބަލައި ފާސްކޮށްފައެވެ.

މި ވަސީލަތްތައް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، މިނިސްޓްރީ އާއި ފެނަކަ އަދި ދ. މީދޫ ކައުންސިލް ގުޅިގެން އިތުރު ޓެކްނިކަލް އެސެސްމަންޓްތައް ހަދައި، ވިލަރެސްކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.