
ސިމެންތި ރައްކާކުރާނީ ކިހިނެތ؟
ދިވެހިރާއްޖެ ފަދަ ވައިގެތެރޭގައި ލޮނުގެ އަސަރުގަދަ ޤައުމުތަކުގައި ސިމެންތި ރައްކާކުރުމުގައި ބަލަންޖެހޭ ގިނަ ކަންކަން ހުރެއެވެ.
ވިއްސާރައާއި ފިނިމޫސުމުގައި ވައިގެ ތެތްކަމުންވެސް ސިމެންތިބަސްތާތައް ސަލާމަތް ކުރަން ޖެހެއެވެ.
ސިމެންތި ބަސްދާތަސް ރައްކާ ކުރާނީ ކިހިނެށް؟
ސިމެންތި ބަސްދާތަށް ރައްކާކުރެވިފައި ހުންނަންވާނީ ރަނގަޅަށް ބަނދުކުރެވިފައިވާ ފެނާއި ވައި ނުވަންނަ ތަނެއްގަ އެވެ. ބަސްތާތައް ހުންނަންވާނީ ބިމުގެ ވެލިގަނޑަށްވުރެ މަދުވެގެން 6 ނުވަތަ 8 އިންޗި އުސްވާގޮތަށް ހެދިފަހުންނަ އަށްޓެށް ނުވަތަ ލަކުޑި ޕަލެޓްފަދަ އެއްޗެއްމާތީގަ އެވެ. އަދި ރައްކާކޮށްފައި ހުންނަ ގުދަން ފަދަ ތަންތާގެ ފާރާ، މަދުވެގެން 2 ފޫޓް ވަރުގެ ދުރުމިނެށް ބެހެއްޓުމަކީ ފާރު ނުވަތަ ބިއްގަޑުގައި ހިފާފައި ހުންނަ ފިނީގެ އަސަރު ބަސްތާތަކަށް ފޯރިޔަނުދިނުމަށްޓަކައި ކުރުން މުހިންމުކަމެކެވެ.
މަތިމައްޗަށް ބަސްތާ ޖަހާއިރު އެންމެ ގިނަވެގެން 10 ބަސްތާއަށްވުރެ މައްޗަށް ނުޖެހުން އެދެވިގެންވެ އެވެ. ބޯކޮށް ވިއްސާރަ ވެހޭދުވަސްވަރެއްނަމަ، ސަތަރި ނުވަތަ ރަބަރުފަދަ އެއްޗަކުން ބަސްތާތައް ނިވައިކޮށްލާފައި ބެހެއްކުން ރައްކާތެރި އެވެ.
ސިމެންތި ބަސްދާތަށް ބޭނުންކުރާނީ ކިހިނެށް؟
ރައްކާކުރެވިފައިވާ ސިމެންތި ބޭނުންކުރުމުގައި އެންމެފުރަތަމަ ރައްކާކުރެވުނު ބަސްދާތަށް ފުރަތަމަ ބޭނުން ކުރުން ވަރަށް މުހިންމެވެ.
ބަސްދާތަށް ބެހެޓިފައި ހުންނަންވަނީ ކުރިން ޖެއްސި ބަސްދާތަށް ކުރިން ނެރެ ބޭނުން ކުރަން ފަސޭހަވާގޮތަށެވެ.
ފަޅައިގެން ގޮސްފައި ހުންނަތަން ގިނަދުވަސްވެފައި ހުރި ސިމެންތި ކޮންކްރީޓް އެޅުމަށް ބޭނުން ކޮށްގެން ނުވާނެ އެވެ. އަދި އެއްވެސް ސަބަބަކާއިހުރެ ގަނޑުވެފައިފާ ސިމެންތި ފުޑުކޮށްގެސް އިމާރާތް ކުރުމުގެ އެއްވެސްކަމަކަށް ބޭނުންކޮށްގެން ނުވާނެ އެވެ.
ސިމެންތިބަސްތާ ރައްކާކޮށްފައި ބެހެއްޓޭނީ ކިހާދު ވަހަކު؟
ރަނގަޅު ފެންވަރެއްގައި ރައްކާކުރެވިފައިވާ ސިމެންތި އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 3މަސް ދުވަސް ތެރޭގައި ބޭނުން ކުރަންވާނެ އެވެ.
ރާއްޖެފަދަ ފެނުގައި ލޮނުގެއަސަރު އަދި ވައިގައި ތެތްކަން ގަދަ ޤައުމުތަކުގައި 2 މަހެއްހައި ދުވަހަށްވުރެ ގިނަދުވަހު ސިމެންތި ރައްކާކޮއްފައި ބެހެއްޓުން ބުއްދިވެރިއެއްނޫނެވެ.
3 މަސްދުވަހަށް ވުރެ ގިނަދުވަސް ރައްކާކުރެވިފައިހުރި ސިމެންތި ބޭނުން ކުރާނަމަ އެކަމަށް ޙާއްސަ ލެބޯޓަރީއަކުން ސިމެންތީގެ ފެންވަރު ބަލައި ޗެކް ކުރުމަށްފަހު މެނުވީ ބޭނުން ނުކުރުން ބުއްދިވެރި އެވެ.



