
ބައްޝާރުލް އަސަދާއި އާތިފް ނަޖީބު މަރަން ހުކުމްކޮށްފި
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި، އެ ގައުމުގެ ދެކުނުގެ ދަރްޢާ ޕްރޮވިންސްގެ ސިޔާސީ ސަލާމަތީ ކަންކަމާ ބެހޭ ކުރީގެ އިސްވެރިޔާ އާތިފް ނަޖީބު މަރަން ސޫރިޔާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި ދެމީހުންގެ މައްޗަށް މި ހުކުމް އައީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ދިމިޝްގުގެ ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، ރޭވުންތެރިކަމާއެކު ގަސްތުގައި މީހުން މެރުމުގެ ކުށް ބައްޝާރުލް އަސަދުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އަދި އާތިފް ނަޖީބުގެ މައްޗަށް ސާބިތުވެފައިވަނީ ރޭވުންތެރިކަމާއެކު ގަސްތުގައި މީހުން މެރުމާއި، އަނިޔާކުރުމުގެ ކުށެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2011 ވަނަ އަހަރު ދަރްޢާ ޕްރޮވިންސްގައި އަސަދުގެ ސަރުކާރުން ހިންގާފައިވާ އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެކެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަންނަނީ……



