ޔޫއެންއޯޑީސީން ބޭއްވި ”ނިއަރ-ޝޯރ ސެކިއުރިޓީ އެކްސްޗޭންޖް ޕްރޮގްރާމް“ ގައި ދިވެހި ފުލުހަކު ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ތައިލެންޑުގެ ލޭމް ޗަބަންގް ޕޯޓުގައި ކުރިއަށްގެންދިޔަ ”ނިއަރ-ޝޯރ ސެކިއުރިޓީ އެކްސްޗޭންޖް ޕްރޮގްރާމް“ ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

2026 އޮގަސްޓް 3 އިން 7 އަށް ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރެއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ސަރާނުއެވެ. މި ޕްރޮގްރާމަކީ ސަރަހައްދީ ފެންވަރުގައި ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ސަރަހައްދީ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި އައްސޭރިފަށުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކުރުމާއި، ގުޅިގެން މަސައްކަތްކުރެވޭނެ އުސޫލުތައް ދެނެގަތުން ހިމެނެއެވެ. މީގެއިތުރުން، އެކި ބައިވެރިންގެ މެދުގައި ގުޅިގެން މަސައްކަތްކުރުމަށް އޮތް ފްރޭމްވޯކް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އަލިއަޅުވާލާފައިވެއެވެ.

މިފަދަ ސަރަހައްދީ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، އައްސޭރިފަށުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ އަދި ސަރަޙައްދީ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.