ޔުނައިޓް ގްލޯބަލް ސަމިޓް 2026 ކާމިޔާބީއާއެކު ނިންމާލައިފި

2026 އޮގަސްޓް 03 އިން 04 ގެ ނިޔަލަށް ފިލިޕީންސްގެ މެނިލާގައި ކުރިއަށްދިޔަ ”ޔުނައިޓް ގްލޯބަލް ސަމިޓް 2026“ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަނނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން، މިނިސްޓްރީގެ ސީނިއަރ އޮފިޝަލުންވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަމިޓުގެ ތެރެއިން މުހިންމު ބައްދަލުވުންތަކެއް ބާއްވަވައި، މުހިންމު ދާއިރާތަކުން ބަޔާންތައް ދެއްވާފައިވެ އެވެ.

ޔުނައިޓް ގްލޯބަލް ސަމިޓަކީ މަޖިލިސް މެންބަރުންނާއި ދުނިޔޭގެ ޞިއްޙީ ދާއިރާގެ ވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ދުނިޔޭގެ އެންމެ އިސް އެއް ފޯރަމެވެ.

ކެނެޑާގެ ޚާރިޖީ އަދި ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރިސާޗް ފަންޑެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރު (އައިޑީއާރުސީ) އާ ގުޅިގެން ބާއްވާ ޔުނައިޓް ގްލޯބަލް ސަމިޓުގެ ފަސްވަނަ ބައްދަލުވުމުގައި މިއަހަރު އަލިއަޅުވާލީ ”ޞިއްޙީ ފަރަގު ކުޑަކުރުން: އިންވެސްޓްކުރުމަށް ސިޔާސީ ހިތްވަރު“ މި މައުޟޫޢުގެ މައްޗަށެވެ. މި ސަމިޓުގައި މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ، ިއްޙީ ހިދުމަތްތައް ހަމަހަމަކަމާއެކު ހޯދުމުގައި ހުރި ބޮޑެތި ފަރަގުތަކުގެ މައްޗަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމުތައް ވަރުގަދަކުރުމަށްޓަކައި، ސިޔާސީ އިސްވެރިންގެ ބައިވެރިވުމާއި އިސްނެގުން ވަރަށް މުހިންމެވެ.

މި ސަމިޓުން މަޖިލިސް މެންބަރުންނަށާއި ކަންކަމުގައި ގޮތް ނިންމާ އިސްފަރާތްތަކުގައި އެދުނީ، ސިޔާސީ މަސައްކަތްތަކުގައި ޞިއްޙީ ދާއިރާއަށް އިސްކަންދިނުމަށާއި، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށެވެ. އަދި އެއްވެސް މީހަކު ބާކީނުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ ސިޔާސަތުތަކަށް ތާއީދުކޮށް ކުރިއެރުވުމަށެވެ.

މީގެއިތުރުން، ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކާ ގުޅިގެން ޞިއްޙީ ނިޒާމު ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް، މުޅި މުޖުތަމައަށް އޭގެ ސަބަބުން ކުރާނެ ފައިދާތަކާ މެދު މި ސަމިޓުގައި މަޝްވަރާކުރި އެވެ.

ސަމިޓުގެ މައިގަނޑު ދެ ސެޝަންގައި މިނިސްޓަރ ޤީލާ އަލީ ވަނީ ދެ ދާއިރާއަކުން ރާއްޖޭގެ ތަސައްވުރު ހާމަކުރައްވާފަ އެވެ.

އެގޮތުން ”Global Leadership Dialogue on Sustainable Health Financing“ މައުޟޫޢަށާއި ”Sustainable Financing for Tobacco Control“ އަށް ވާހަކަފުޅު ދައްކަވައި، މިކަމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ހިއްސާކުރެއްވި އެވެ.

މި ސަމިޓުގެ ތެރެއިން މިނިސްޓަރ ޤީލާ އަލީ ވަނީ ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ މޭލިން ބެލްޓްރަން އާއި، ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންގެ ކޮމިޝަނަރ ޑރ. ޝާލީ ކަސްޓެނެޑާ އަގްރުޕިސް އާއެކު ވަކިވަކިން ބައްދަލުކުރައްވައި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން، ޕެންޑެމިކް ފަންޑުގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫ އާއި ޔުނައިޓްގެ ރައީސް ޑރ. ރިކާޑޯ ބަޕްޓިސްޓާ ލެއިޓޭއާ ބައްދަލުކުރައްވައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެއް ބޯޑް މެމްބަރެއްގެ ހައިސިއްޔަތުން، ފެންޑެމިކްތަކަށް ތައްޔާރުވުމަށާއި، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި ޕެންޑެމިކްތަކަށް ތައްޔާރުވުމަށް ރާއްޖެއިން ދޭ އިސްކަން އަލުން ތަކުރާރުކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޔުނައިޓްގެ މަގުސަދުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި ފިލިޕީންސްގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ކޮމިޓީއާ ބައްދަލުކުރައްވައި، ދަރިވަރުންގެ ހާލަތު އޮޅުންފިލުއްވައި، ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން، ފިލިޕީންސްގެ މެނިލާގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް، މިސްޓަރ ބެނިޓޯ ސީ. ބެންގްޒޮން ޖޫނިއަރ އާއެކުވެސް ބައްދަލުކުރެއްވި އެވެ.

މި ސަމިޓަކީ ދުނިޔޭގެ ޞިއްޙީ ދާއިރާގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.