81 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށް އެބަދޭ – ވަޒީރު ޑރ.ޝަހީމް

އިސްލާމީ މަރުކަޒުތަކާއި ވަޤްފު ބިނާތައް ހިމެނޭހެން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން 81 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ޢިއްޒަތްތެރި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވަޒީރު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު، ފަށާފައިވާ އަދި އެކި ސަބަބުތައް މެދުވެރިވެ ހުއްޓިފައިވާ މަޝްރޫޢުތަކާއެކު މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް މިހާރު ކުރިއަށްދާކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުންކަމަށެވެ.

އެގޮތުން ފާއިތުވެދިޔަ ރަމަޟާން މަހުވެސް 20 މިސްކިތެއްގެ މަޝްރޫޢު ނިންމާ ހުޅުވާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހަށްވެސް އިތުރު 20 މިސްކިތެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި ހުރި ވަގުތީ އަދި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ރީތި މިސްކިތްތަކެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެއް މިސްކިތް ފިޔަވާ ހުރިހާ މިސްކިތަކަށް މިހާރު ދީލަތި ފަރާތްތަކުގެ އެހީތެރިކަން ހަމަޖެހިފައިވާކަމަށާއި، މިކަމަށްޓަކައި ދީލަތި ވިޔަފާރިވެރިންނަށް ޝުކުރު އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވި އެވެ.

އަދި އިސްލާމީ ދާއިރާއިން މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަވާ އަހައްމިޔަތުކަމަށްޓަކައި ވަޒީރު ވަނީ ރައީސުލްޖުމުހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.