އިންސާނާ މުސްކުޅިވާންފަށަނީ ހުރިހާ ގުނަވަނެއް އެކީގައެއް ނޫން – ދިރާސާ

ސައިންސްވެރިން ބުނާ ގޮތުގައި، އުމުރުން 50 އަހަރަށް ވުރެ މައްޗަށް ދިއުމުން ހަށިގަނޑު އަވަހަށް މުސްކުޅިވާން ފަށަ އެވެ. ނަމަވެސް ހުރިހާ ގުނަވަނެއް އެކީއެއް ނޫނެވެ.

ޗައިނީސް އެކެޑެމީ އޮފް ސައިންސަސްގެ ސައިންސްވެރިންގެ ޓީމަކުން އިސްނަގައިގެން ސެލްޖާނަލްގައި ޝާއިޢުކޮށްފައިވާ އައު ދިރާސާއެއްގައި، ޢުމުރުން 50 އަހަރަށްވުރެ މައްޗަށް ދިއުމުން އިންސާނުންނަށް އަވަހަށް މުސްކުޅިވުމުގެ މަރުޙަލާ ކުރިމަތިވާން ފަށަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ދިރާސާއިން ދައްކާގޮތުގައި ހަށިގަނޑުގެ ކުދިކުދި ބައެއް ބައިތަކާއި، ލޭހޮޅިތައް ފަދަ ތަންތަން އެހެން ބައިތަކަށްވުރެ އަވަހަށް މުސްކުޅިވެ އެވެ. މިކަމުގެ ސަބަބު ނުވަތަ މިކަން ކުރުވާ ޕްރޮޓީންތައްވެސް ސައިންސްވެރިންވަނީ ހޯދާފަ އެވެ.

މުސްކުޅިވުމާ ގުޅުންހުރި ޕްރޮޓީންތަކުގެ ބަދަލުތަކުގެ މައްޗަށް ބިނާކޮށް، ޓިޝޫ-ޚާއްޞަ ޕްރޮޓީއޯމިކް އޭޖް ކްލޮކްތައް އުފައްދައި މުސްކުޅިވުމުގެ މިސްރާބުތައް ވަނީ ދެނެގަނެފަ އެވެ.

ކޮންމެ މުއްދަތަކަށް ބަލާއިރު ޢުމުރުން 50 އަހަރާ ގާތްކުރާ ހިސާބުން މުސްކުޅިވުމުގެ ބޮޑު ބަދަލެއް އަންނަކަން އެނގިގެންދާ ކަމަށާއި، އޭގެ ތެރެއިން ލޭހޮޅިތަކަކީ އެންމެ ކުރިން މުސްކުޅިވާ އަދި މުސްކުޅިވުމުގެ އަސަރު އެންމެ ބޮޑަށްކުރާ އެއް ބައި ކަމަށް ދިރާސާއިން ދައްކާފައިވެ އެވެ.

މި ދިރާސާގައި، ސައިންސްވެރިންވަނީ ސިކުނޑިއަށް ލިބުނު ޙާދިސާތަކެއްގެ ސަބަބުން ނިޔާވެފައިވާ، ޢުމުރުން 14 އަދި 68 އަހަރާ ދެމެދުގެ ޗައިނާ ނަސްލުގެ 76 މީހުންގެ ހަށިގަނޑުގެ މައިގަނޑު ގުނަވަންތަކުގެ ޓިޝޫ ސާމްޕަލްތައް ނަގާފަ އެވެ. މި ޓިޝޫތަކުން ދެއްކިގޮތުގައި، ބައެއް ގުނަވަންތައް މުސްކުޅިވަނީ ތަފާތު ދުވެލިތަކުގަ އެވެ.

ހަށިގަނޑުގެ ހޯމޯން ފެކްޓަރީއެއް ކަމަށްވާ އެޑްރީނަލް ގްލޭންޑް، ޢުމުރުން 30 އަހަރު ވަށައިގެން އަވަހަށް މުސްކުޅިވާކަން ދައްކުވައިދީފައިވާއިރު، ޓިޝޫ ސާމްޕަލްތައް މުސްކުޅިވަމުންދިޔަ ވަރަކަށް ބަލިތަކާ ގުޅުންހުރި 48 ޕްރޮޓީން އިތުރުވެފައިވާކަން ފާހަގަކުރެވުނެވެ.

ސައިންސްވެރިންނަށް ވަނީ ޢުމުރުން 45 އަދި 55 އަހަރާ ދެމެދު ޕްރޮޓީންތަކުގެ މިންވަރަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފަ އެވެ.

އެންމެ ބޮޑު އެއް ބަދަލު ފެނިފައިވަނީ ބޮޑު ލޭހޮޅި (އޯރްޓާ) އިންނެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ލޭހޮޅިތަކުން މިފަދަ މުސްކުޅިކަން އަވަސްކުރާ މޮލިކިއުލްތައް މުޅި ހަށިގަނޑަށް ފަތުރަ އެވެ.

މިއީ މުސްކުޅިވުމަކީ ކުރިން ހީކުރިހާ ސީދާ ގޮތަކަށް ހިނގާކަމެއް ނޫންކަން ހާމަވި ފުރަތަމަ ދިރާސާއެއް ނޫނެވެ. ސްޓެންފޯޑް ޔުނިވަރސިޓީން ހެދި ދިރާސާއަކުންވެސް ވަނީ އިންސާނުންނަށް މުސްކުޅިވުމުގެ އަވަސް މަރުޙަލާތަކެއް މައިގަނޑު ގޮތެއްގައި ޢުމުރުން 44 އަހަރާއި 60 އަހަރުގެ ކުރީކޮޅުގައި ކުރިމަތިވާކަން ކަށަވަރުކޮށްދީފަ އެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ ޖެނެޓިކް ޕްރޮފެސަރެއް ކަމަށްވާ މައިކަލް ސްނައިޑަރ އެ ދުވަސްވަރު ވިދާޅުވެފައިވާ ގޮތުގައި މިއީ މުސްކުޅިވުމާ ގުޅުންހުރި ކަމަކަށް ވެދާނެ އެވެ. ނޭޗަރ އަށް ދެއްވި ބަސްދީގަތުމެއްގައި ސްނައިޑަރ ވިދާޅުވީ މި އައު ދިރާސާގެ ހޯދުންތައް އޭނާގެ އަމިއްލަ ސައިންޓިފީކް ނިންމުންތަކާ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ.

”މިއިން ދައްކުވައިދެނީ ހޯމޯން އާއި މެޓަބޮލިކް ކޮންޓްރޯލަކީ ވަރަށް މުހިންމު އެއްޗެއްކަމެވެ. އިންސާނުން ޢުމުރުން ދުވަސްވަމުންދާ ވަރަކަށް އެންމެ ބޮޑެތި ބަދަލުތައް އަންނަނީ އެ ހިސާބުންނެވެ. ”އަޅުގަނޑމެން މިއީ ކާރެއް ކަހަލަ ބައެއް. ބައެއް ބައިތައް އަވަހަށް ހަލާކުވެގެންދޭ.“ ސްނައިޑަރ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.