
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޓަޑީ ފެއާ: މަތީ ތައުލީމަށް އުޖާލާ ފުރުސަތުތަކެއް!
މާލެ، ދިވެހިރާއްޖެ: ރާއްޖޭގެ ކިޔަވާ ކުދިންނަށް ރާއްޖޭން ބޭރުގެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން ފުރުސަތުތައް ހޯދައިދިނުމަށް ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ، ”ސްޓަޑީ ފެއަރ 2026“ މި މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ”މައި ކިއު ސްޓަޑީ“ (My QStudy) އިން އިންތިޒާމުކުރާ މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރު ހިއްސާވާ ޔުނިވަރސިޓީތަކާއި، އަމިއްލަ ޔުނިވަރސިޓީތަކުގެ އިތުރުން ބައިނަލްއަޤްވާމީ އެކި ކެމްޕަސްތަކުން ބައިވެރިވެއެވެ.
މި ފެއަރގެ އެންމެ ހާއްސަ އެއް ކަމަކީ ދުނިޔޭގެ އެންމެ ފުންނާބުއުސް 100 އާއި 300 އާ ދެމެދުގެ ރޭންކްތަކުގައި ހިމެނޭ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިއުމެވެ. މީގެ އިތުރުން، އެޑްމިޝަން އަދި އެޕްލިކޭޝަންގެ ހުރިހާ ކަމެއް މުޅިން ހިލޭ ކުރިއަށް ގެންދެވޭއިރު، މިއީ އެއްވެސް އޮޅުވާލުމެއް ނުވަތަ ފުރިހަމަ ނުކުރެވޭނެ ވަޢުދުތަކެއް ނެތްކަމުގެ އިތުބާރާއެކު ބާއްވާ ހަރަކާތެކެވެ.

ދަރިވަރުންނަށް ލިބޭ ޚާއްޞަ އިނާޔަތްތައް
މި ފެއަރގައި ބައިވެރިވެ، ޝަރުޜުހަމަވާ ދަރިވަރުންނަށް ވަރަށް ޚާއްޞަ އިނާޔަތްތަކެއް ވަނީ ކަނޑައަޅާފައެވެ.
އޭގެ ތެރޭގައި:
- ހިލޭ ފްލައިޓް ޓިކެޓް، ނުވަތަ ވިސާ ފީ މާފުވުން.
- ކޭޝްބެކް އޮފާތަކާއި، ފެއަރ ތެރެއިން ސީދާ ޔުނިވަރސިޓީއަށް އެޕްލައި ކުރުމުގެ ފުރުޞަތު.
ފެއާ އޮންނާނީ ކޮންއިރަކު؟ ކޮންތަނަކު؟
ފެއާ ކުރިއަށްދާނީ ޖޫން 18 އަދި 19 ވަނަދުވަހު ބާސެލޯ ހޮޓެލްގައި، އަދި ޖޫން 20 ވަނަދުވަހު ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި އެވެ.
މުޅިން ހިލޭ ފޯރުކޮށްދޭ ފުރިހަމަ އެހީތެރިކަން’މައި ކިއު ސްޓަޑީ‘ އަކީ ހަމައެކަނި އެޑްމިޝަން ހޯދައިދޭ ފަރާތެއް ނޫނެވެ. ދަރިވަރުންނަށް ބޭނުންވާ ވިސާގެ ކަންކަމާއި، ހުންނާނެ ތަންތަން ހަމަޖެއްސުމާއި، އެއާޕޯޓް ޕިކަޕް އަދި މެޑިކަލް ޗެކްއަޕްގެ އިރުޝާދު ދިނުން ފަދަ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެނީ މުޅިން ހިލޭއެވެ. މީގެ އިތުރުން ބޭންކް އެކައުންޓް ހުޅުވުމާއި، ބަރޯސާވާ ފަރާތްތަކުގެ (ޑިޕެންޑަންޓް) ވިސާ ކަންކަމުގައިވެސް އެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މައި ކިއު ސްޓަޑީ އިޚްތިޔާރު ކުރަންވީ ކީއްވެ؟
ކިޔަވާ ކުދިންގެ އިތުބާރު ހޯދާފައިވާ މި އެޖެންސީން 100 އިންސައްތަ ދަރިވަރުންގެ ހިތްހަމަޖެހުން ކަށަވަރުކޮށްދެއެވެ. ރާއްޖޭގެ ޓީމަކުން ކޮންމެ ވަގުތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދޭއިރު، ކިޔެވުމުގެ މުޅި ދައުރުގައި ކުދިންގެ ކަންކަން ބަލައި ބެލެނިވެރިކަން ފޯރުކޮށްދިނުމަކީ އެ އެޖެންސީގެ އެންމެ ބޮޑު ތަފާތެވެ.
މި ފެއަރގައި ޖަޕާން، އިނގިރޭސިވިލާތް، ޔޫރަޕް، އިންޑިއާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި ސިންގަޕޫރު ފަދަ ޤައުމުތަކުގެ މަޝްހޫރު ޔުނިވަރސިޓީތައް ބައިވެރިވާނެއެވެ. ހާއްސަކޮށް އަނަންތަރާ ގްރޫޕުގެ ދަށުން ހިންގާ ހޮސްޕިޓާލިޓީ އަދި ބިޒްނަސް މެނޭޖްމަންޓް ސްކޫލުން ބައިވެރިވުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސްއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މިއީ މުސްތަޤްބަލާ މެދު ބުއްދިވެރި ނިންމުމެއް ނިންމުމަށް ލިބޭނެ އަގުހުރި ފުރުޞަތެކެވެ. ފެއަރއާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9222833 އަށް ގުޅުއްވުމަށް މައި ކިއު ސްޓަޑީން އެދެއެވެ.



