ބޯހިޔާވަހިކަން އެންމެންނަށް މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެގޮތުން އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ސްކީމްތަކާއި ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ސްކީމްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 15 ޖޫން 2026 ގެ 23:59 ގެ ނިޔަލަށް ހުޅުވިފައި ހުންނާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް:

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ ސްކީމް

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމް

ހަމައެކަނި ވެށިފަހި މާލެ / ހިޔާ މަޝްރޫޢުން ފުލެޓް ޙަވާލުނުކޮށް ލިޔުން ލިބިފައިވާ ފަރާތްތައް ޙާއްސަ ކެޓަގަރީ

ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފުލެޓަށް އެދި ހުށަހެޅުމަށް ޚާއްސަ ކެޓަގަރީ

ގޯތިގެދޮރު ޕްރޮގްރާމް:

”ގޯތިގެދޮރު“ ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ސްކީމް

”ބިންވެރިޔާ“ ޚާއްޞަ ސްކީމް

މި ހުރިހާ ސްކީމެއްގެ ދަށުން ވެސް އެޕްލިކޭޝަން ހުށަހަޅާނީ ބޯހިޔާވަހިކަން ޕޯޓަލް (boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.

މި ސްކީމްތަކާ ގުޅޭ އިތުރު މައުލޫމާތު އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864, 4004865 އަށް ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ހެލްޕް ޑެސްކުން ލިބިވަޑައިގަންނަވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.