ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ވަފުދެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސަޢޫދީ ޝޫރާ ކައުންސިލްގެ ވަފުދެއް ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި އެވެ.

މޭ 18ވަނަ ދުވަހު ސަޢޫދީގެ ޝޫރާ ކައުންސިލްގެ ވަފުދު ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ކުރި މި ޒިޔާރަތުގައި އެ ކައުންސިލްގެ މެންބަރުންނަށް ޤައުމީ ދާރުލްއާސާރުން ހޫނު މަރުޙަބާއެއް ދެންނެވީ ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޝޫރާ ކައުންސިލްގެ މި ވަފުދުން ދާރުލްއާސާރަށް ކުރި ޒިޔާރަތުގައި، އެތަނުގައި ތަރުތީބުކޮށްފައިވާ ދިވެހިރާއްޖޭގެ ތާރީޚީ އަދި އާސާރީ ތަކެތި ބައްލަވައިލައްވައި، އެ ތަކެއްޗާ ބެހޭ ތަފުޞީލީ މަޢުލޫމާތު ހޯއްދަވާފައިވެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ އިހުގެ ދިރިއުޅުމާއި، އިސްލާމީ ތާރީޚާ ގުޅުންހުރި މުހިންމު އާސާރީ ތަކެއްޗާ ބެހޭ މަޢުލޫމާތު ވަފުދުގެ ބޭފުޅުންނަށް ޙިއްސާކޮށްދެއްވީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ތަޖުރިބާކާރު ގައިޑުންނެވެ.

މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ ތެރެއިން، ސަގާފީ އަދި ތާރީޚީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. ސަޢޫދީ ވަފުދުގެ ބޭފުޅުން ވަނީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީޚަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ.

ފަހަކަށް އައިސް، ބޭރުގެ ވަފުދުތަކާއި، ފަތުރުވެރިންނާއި، ދިވެހިންނާއި، ސްކޫލު ކުދިންގެ އިތުރުން ކޮލެޖުތަކުގައި ކިޔަވަމުންދާ ދަރިވަރުން ދާރުލްއާސާރަށް ޒިޔާރަތްކުރާ އަދަދު ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.