
ބިންވެރިޔާ ޙާއްސަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
”ބިންވެރިޔާ“ ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
”ބިންވެރިޔާ“ ޚާއްޞަ ސްކީމާ ގުޅޭ އުސޫލު“ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 10 މޭ 2026 ވީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 31 މޭ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ އުސޫލު ނަންބަރު 19-ޖީ/2022 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ނުވަތަ ބުނެވިދިޔަ އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކަށެވެ.



