
ބޭނުންވަނީ ބަރުދަން ލުއިކުރަން ވިއްޔާ މިލިޔުން ކިޔާލާ
މިއީ ޕަރސަނަލް ޓްރައިނަރ ޢަލީ ޝަމީމު ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިލޔެފައިވާ މަޢުލޫމާތުކޮޅެކެވެ.
ގިނަ ބަޔަކު ބަރުދަން ލުއި ކުރުމަށް ޞައުުޤުވެރިވެ އެވެ.
ޚާއްޞަކޮށް ދިވެހި ގިނަ އަންހެނުން އެންމެ ބިރު ގަންނަ އެކަަޗަކީ ތަރާދު ނުވަތަ ކިރަން ގެންގުޅޭ ކައްޓާ އެވެ.
ސަބަބެއް ނެތިއެއްވެސް ނޫނެވެ. ބަރުވުމަކީ ފަލަވުން ކަމުގައި އިޙްޞާޞްކުރެވޭތީ އެވެ. އެހެންވެ ގިނަ ބަޔަކު ބަރުދަން ލުއިކުރަން މަސައްކަތް ކުރެވެއެވެ.. ނަމަވެސް ވިސްނާލަން ޖެހެނީ އެކްން ކުރެވެނި ރަނގަޅަށްބާވަ އެވެ. މިކަމަށް އޮތް ކުޑަ އެހީތެރިކަމެއް ޙިއްޞަކޮށްލާނަމެވެ.
- ބަރުދަން ލުއިވުމާއި ސަރުބީ ވިރުވުމަކީ ދެކަމެއް
- ބަރުދަން ލުއިވަނީ ހަށިގަނޑުން ފެން، މަސް ނުވަތަ ސަރުބީ މަދުވުމުންނެވެ.
- ހަށިގަނޑުގެ ބައްޓަމަށް ހެޔޮ ބަދަލެއް އަންނާނީ ހަމައެކަނި ސަރުބީ ވިރުވުމުންނެވެ.
- މަސްތައް މަދުވުމުން ހަށިގަނޑު ފެންނާނީ ބަލިކަށިކޮށެވެ.
- ކިރާ ތަރާދުން އޮޅުވާލަފާނެ
- ތަރާދުން ދައްކާ ނަންބަރު ކުޑަވުމުން ތިބާ އުފާވެދާނެ އެވެ.
- ނަމަވެސް ހަށިގަނޑު ފެންނަ ގޮތަށް ބަދަލެއް ނައިސް ހުރެދާނެ އެވެ.
- އެއީ ހަށިގަނޑުގައި ހުރި ސަރުބީއަށް ބަދަލެއް ނާންނާތީ އެވެ.
- ހަމައެކަނި ބަރުދަން ލުއިވުމުން ފެންނަ ސިފަ ގޯސްވެދާނެ
- މަސް ނެތްނަމަ ހަށިގަނޑު ހުންނާނީ ”މަޑުކޮށް“ ބައްޓަމެއް ނެތިފަ އެވެ.
- ބަރުދަން ކިތަންމެ ލުއިވިޔަސް، ބަނޑު ހުރިގޮތަށް ހުރެދާނެ އެވެ.
- ގިނަ މީހުންނަށް ”ހިކިފައި، އެކަމަކު ފިޓް ނޫން“ އިހުސާސެއް ކުރެވެނީ މި ސަބަބާ ހެދި އެވެ.
- އަވަހަށް ބަރުދަން ލުއިކުރުމަކީ ނުރައްކާތެރި ކަމެއް
- ސަރުބީއާއެކު މަސްތައްވެސް ވިރިގެންދެ އެވެ.
- ހަށިގަނޑުގެ ވަރުދެރަވެ، ހަކަތަ ދަށްވެ އެވެ.
- ލިބުނު ނަތީޖާ ދަމަހައްޓަން އުނދަގޫވެ އެވެ.
- ތިބާގެ އަމާޒަކަށް ވާންޖެހޭނީ ހަށިގަނޑަށް ބަދަލު ގެނައުން
- ހަމައެކަނި ބަރުދަން ކުޑަކުރުމެއް ނޫނެވެ.
- ނަމަވެސް ހަށިގަނޑު ވަރުގަދަކޮށް ބައްޓަން ރީތިކުރުމެވެ.
- މަސް (Muscle) އަކީ ތިބާއަށް އޮތް ފުރުޞަތެއް
- ކޮންމެ ދުވަހަކު އަންދާ ކެލަރީގެ މިންވަރު އިތުރުކޮށްދެ އެވެ.
- ހަށިގަނޑު ވަރުގަދަކޮށް ބަހައްޓައިދެ އެވެ.
- ގިނަ ދުވަހަށް ސަރުބީ ދުރުކޮށްދިނުމަށް އެހީތެރިވެދެ އެވެ.
- ބަނޑުގެ ސަރުބީއަށް ހަމައެކަނި ކެއުން ބަދަލުކުރުމުން ނުފުދޭ
- ޑައިޓް ކުރުމުން ބަރުދަން ލުއިވެދާނެ އެވެ.
- ނަމަވެސް ބައްޓަމަކަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ.
- ކަސްރަތުކޮށް ވަރުގަދަވުމުން ހަށިގަނޑު ބައްޓަންވެ، ބާރުވެ އެވެ.
- އެންމެ މުހިންމު ކަންތައްތައް
- އުނަގަނޑު ހިކިވުން.
- ހަށިގަނޑުގެ ވަރުގަދަކަން އިތުރުވުން.
- ހަކަތަ (energy) އިތުރުވުން.
- ލާ އަންނައުނު ހަށިގަނޑަށް ފިޓްވުން



