މިނީ ސްޓްރޯކާ

ކޮންމެ އަހަރަކު ގާތްގަނޑަކަށް 46,000 މީހުން އިނގިރޭސިވިލާތުގައި އަލަށް މިނީ ސްޓްރޯކް ތަހައްމަލު ކުރެ އެވެ.

މީގެ އަލާމާތްތައް އާދައިގެ ސްޓްރޯކަކާ އެއްގޮތް ނަމަވެސް، ތަފާތަކީ މީގެ އަލާމާތްތައް ވަގުތީ ގޮތުން ފެނި، 24 ގަޑިއިރު ތެރޭގައި ރަނގަޅުވުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނީ ސްޓްރޯކަކީ ކުޑަކަމެއް ކަމަށް ދެކިގެން ނުވާނެ އެވެ. މިއީ ބޮޑު ސްޓްރޯކެއް ޖެހިދާނެކަމުގެ ”އިންޒާރެކެވެ“. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞީއްޙީ އެހީތެރިކަން ހޯދަންވާނެ އެވެ.

މިނީ ސްޓްރޯކަކީ ކޮބައި؟

މިއީ ސިކުނޑީގެ ބަޔަކަށް ނުވަތަ ލޮލުގެ ފަހަތަށް ލޭ ފޮނުވައިދޭ ހޮޅިއެއް ވަޤުތީ ގޮތުން ބެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މީގެ ސަބަބުން ސިކުނޑީގެ އެ ބަޔަކަށް ބޭނުންވާ އޮކްސިޖަން އާއި ނިއުޓްރިއެންޓްސް ނުލިބި މެދުކެނޑެ އެވެ.

ޑޮކްޓަރުން މިސިފަކުރަނީ ”ސިކުނޑިއަށް ޖެހޭ ހާޓް އެޓޭކެއް“ ގެ ގޮތުގަ އެވެ.

މިނީ ސްޓްރޯކްގެ އަލާމާތްތައް

  • ވާހަކަދައްކަން އުނދަގޫވުން، އޮޅުންބޮޅުންވުން ނުވަތަ މީހުން ކިޔާ އެއްޗެހި ފަހުމް ނުވުން.
  • ކުއްލިއަކަށް އެއް ލޯ ނުވަތަ ދެ ލޮލުގެ ފެނުން ފުސްވުން ނުވަތަ އެއްޗެހި ދެބައިވެގެން ފެނުން.
  • މޫނު، އަތް ނުވަތަ ފައިގެ އެއްފަރާތުން ވާގިނެތުން ނުވަތަ އައްސިވުން.
  • ބޯ އެނބުރުން ނުވަތަ ހަށިގަނޑުގެ ބެލެންސް ނުހިފޭޓުން.
  • ކާ އެއްޗެހި ދިރުވަން އުނދަގޫވުން.

’BE FAST‘  އަލާމާތްތައް ދެނެގަތުމަށް ބޭނުންކުރާ އަކުރުތައް

  1. B (Balance) – ބެލެންސް: ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން.
  2. E (Eyes) – ލޯ: ފެނުން ފުސްވުން ނުވަތަ ފެނުމަށް ބަދަލު އައުން.
  3. F (Face) – މޫނު: ހިނިތުންވެލަން އުޅުމުން މޫނުގެ އެއްފަރާތް ވާގިނެތިފައި ހުރޭތޯ ބެލުން.
  4. A (Arms) – އަތް: ދެ އަތް މައްޗަށް އުފުލަން އުނދަގޫވޭތޯ ބެލުން.
  5. S (Speech) – ވާހަކަ: ވާހަކަދައްކާއިރު ދޫ އޮޅޭތޯ ނުވަތަ ސާފުކޮށް ވާހަކަ ނުދެއްކޭތޯ ބެލުން.
  6. T (Time) – ވަޤުތު: މިފަދަ ކަމެއް ފާހަގަވުމާއެކު ލަސްނުކޮށް އެމްބިއުލަންސަށް ގުޅުން.

މިނީ ސްޓްރޯކާއި މައިގްރޭން (ބޮލުގައި ރިއްސުން)

ބައެއް ފަހަރު މައިގްރޭންގެ ސަބަބުންވެސް ސްޓްރޯކާ އެއްގޮތް އަލާމާތްތަކެއް ފެނިދާނެ އެވެ. ނަމަވެސް، އަމިއްލައަށް ގޮތް ނުނިންމާ ޑޮކްޓަރަށް ދެއްކުން މުހިންމެވެ. ސްޓްރޯކެއްގައި ޢާންމުކޮށް ވަނީ އިހުސާސްތައް ”ގެއްލުމެވެ“ (މިސާލަކަށް ފެނުން ގެއްލުން)، ނަމަވެސް މައިގްރޭންގައި ގިނައިން ވަނީ އިހުސާސްތަކަށް ”ބަދަލު އައުމެވެ“ (މިސާލަކަށް ލޮލަށް އަލިތަކެއް ފެނުން).

ފަރުވާ އާއި ރައްކާތެރިކަން

  • ފަރުވާ: ޢާންމުކޮށް ލޭ ތުނިކުރާ ބޭސް (އެސްޕިރިން ނުވަތަ ކްލޮޕިޑޯގްރެލް) ދެވެ އެވެ. މިއީ އިތުރު ލޭގަނޑު ހެދުމުން ހުއްޓުވުމަށެވެ.
  • ބަލިން ރައްކާތެރިވުން: ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން، ކަސްރަތު ކުރުން އަދި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުން ހިމެނެ އެވެ.

މިނީ ސްޓްރޯކަކަށް ފަރުވާ ނުހޯދާ ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް ތަނުގައި ބޮޑު ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުވެ، ސިކުނޑިއަށް ދާއިމީ ގެއްލުން ލިބިދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.