އެންމެ ބޮޑު ގޮންޖެހުމަކީ ޙަޤީޤަތެއްނެތް ވާހަކަތައް ފެތުރުން – މެންބަރު ޙަސަން

އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ އީސީއެމް ޓޯކްސްގެ 19 ވަނަ އެޕިސޯޑުގައި މެންބަރު ޙަސަންގެ ތަޖްރިބާ ޙިއްސާކުރަމުން ވިދާޅުވީ، މިހާރަކަށް އައިސް ޢާންމުންގެ މެދުގައި ސިޔާސީ ކަންކަމަށް އޮންނަ ފޯރި އިތުރުވެފައި ވާހަކަމަށާއި އިންތިޚާބުތަކަށް އޮންނަ ޝައުޤުވަރަށް ބޮޑުކަމަށެވެ.

ނަމަވެސް ހުރި ގޮންޖެހުމުގެ ވާހަކަވެސް ވަނީ ޙިއްޞާކުރައްވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިކަމުގައި ދިމާވި އަދި ދިމާވަމުންދާ އެންމެ ބޮޑު ގޮންޖެހުންކަމުގައި ޙަސަން ފާހަގަކުރެއްވީ، ސިޔާސީ ބޭނުމަށްޓަކައި އަސްލެއް ނެތް ގޮތަށް، ކޮމިޝަންގެ އިތުބާރު ގެއްލޭގޮތަށް، އަޅުގަނޑުމެން ކުރާ މަސައްކަތާމެދު ގޯސް ނުވަތަ ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް ދެކެވޭ ވާހަކަ ނުވަތަ ކުރެވޭ މަސައްކަތްތަކެވެ.

އެކަމުގެ ސަބަބުން މިކަމުގެއި ކުރިއަށްދިއުމަށް ކޮންމެވެސް ވަރަކަށް މާޔޫސްވާ ފަހަރުވެސް އަންނަކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ދޫނުދީ މިކަމުގައި ސާބިތުވެ ހުންނާނެ ކަމަށްވެސް މެންބަރު ޙަސަން ވިދާލުވި އެވެ.

މެންބަރ ޙަސަން އިތުރަށް ވިދާޅުވީ މިއޮތް ނިޒާމަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމެއްކަމަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި މިއޮންނަ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއްކަމަށާއި ރާއްޖޭގައި މިއޮން ފަދަ ދެފުށް ފެންނަ އިންތިޚާބެއް ބޭއްވޭ ޤައުމެއް ދުނިޔޭގައިވެސް މަދުވާނެ ކަމަށެވެ.

”އަޅުގަނޑުމެން ވަރަށް ގިނަ ޤައުމުތަކަށް ހިގައްޖައިން، އެކަމަކު ރާއްޖޭގައި މިއޮތް އިންތިޚާބީ ނިޒާމުހާ ޓްރާސްޕޭރަންޓް ނިޒާމެއް ނޯންނާނެ، ފެށުނީންސުރެއް ނިޔަލަށް، އެކަން ރައްޔިތުންނަށް އަންގަދިމުމަށްޓަކައި، އެކަން ރައްޔިތުންނަށް ޔަޤީންކޮށްދިނުމަށްޓަކައި ކޮމިޝަނުން މިހާތަނަށް އުފުލި ބުރަ ވަރަށް ބުރަވާނެ “ މެންބަރު ޙަސަން ވިދާޅުވި އެވެ.

އަދި ބައިނަލްއަޤްވާމީ މޮނިޓަރުންނާއި ރާއްޖޭގެވެސް މިކަން ބަލާ މޮނިޓަރުންގެ ފަރާތްތަކުން އަންނަ ކޮމެންޓްތަކަށް ބަލާއިރު ވަރަށް ބޮޑު އިތުބާރެއް ހޯދިފައިވާކަން ފާހަގަ ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޕޮޑްކާސްޓަކީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހު މެންދުރުފަހު 2:30 ގައި އީސީއެމް ގެ ފޭސްބުކް އަދި ޓިކްޓޮކް އިން ލައިވް ކުރާ ޕްރޮގްރާމްތަކެކެވެ. ކުރީގެ ޕްރޮގްރާމްތައް ބެއްލެވުމަށް ECMTalks  ފިތާލައްވާ

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.