
މުފްތީ މެންކް މާދަމާ ދެއްވާނީ އިސްލާމިކް މިނިސްޓްރީއިން ޢާންމުކޮށްފައިވާ ޚުތުބާގެ އިނގިރޭސި ތަރުޖަމާ: ޖަމިއްޔަތު ރަޙްމާ
ޖަމިއްޔަތުއް ރަޙްމާގެ ”ޢިލްމުޓޯކް 2016″ގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާ ޒިމްބާބުވޭގެ މުފްތީ ޑރ. އިސްމާއިލް މެންކް ހުކުރު ޚުތުބާ ވިދާޅުވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން އިއްޔެ ޢާންމުކޮށްފައިވާ ހުކުރު ޚުތުބާގެ މައުލޫއަށް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ފުރުޤާން މިސްކިތުގައި މުފްތީ މެންކް މާދަމާ ވިދާޅުވާން ހަމަޖެހިފައިވާ ޚުތުބާ އިސްލާމިކް މިނިސްޓްރީއަށް ހުށައެޅުމުން ޚުތުބާ ކިޔުމުގެ ހުއްދަ ދެއްވާނެކަމަށް އެމިނިސްޓްރީއިން އަންގަވާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އަދި އެ ޖަމިއްޔާގެ ފަރާތުން މިނިސްޓްރީއިން ނެރެފައިވާ ޚުތުބާގެ އިނގިރޭސި ތަރުޖަމާ އެމިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށްވެސް ޖަމިއްޔަތު ރަޙްމާއިން ބުންޏެވެ.



