އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފި

ކާންދޭން ބޭނުންކުރާ ފީޑިން ޓިޔުބް ލިބުން ލަސްވެ، ހާލު ދެރަވެގެން އިއްޔެ ނިޔާވި މ. ޗީޒް، އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
އަޛާން އަކީ ”ސެރެބްރަލް ޕަލްސީ“ ބަލި ތަހައްމަލު ކުރަމުންދިޔަ ކުއްޖެކެވެ. އޭނާއަށް ކާންބޯން ދެނީ ބަނޑަށް ލައްވާފައިވާ ޕެގް ޓިއުބެއް މެދުވެރިކޮށެވެ.
އަޛާންގެ މަންމަ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ޕެގް ޓިއުބަކަށް އޯޑަރު ދީފައިވީ ނަމަވެސް، އަށް މަސް ދުވަސް ވެގެންދިޔައިރުވެސް އެ ލިބިފައެއް ނުވެއެވެ.
އަދި އެސްޓީއޯ ހުޅުމާލެ ފާމަސީއަށް އެތައް ފަހަރަކު ގޮސް، އެންސްޕާއިން އެކަން އެޕްރޫވް ނުކުރާކަމުގެ ޖަވާބު ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.