ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިންވެސް ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެެ

ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިންވެސް ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާ، މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް، ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށެވެ.
މިއާއެކު ވަޒީރު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް ހުރިހާ ރަށަކާއި ރިސޯޓްތަކުގައިވެސް މައިގަނޑުކޮށް ކަރަންޓް އުފައްދަނީ ޖެނެރޭޓަރު ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާ، އެކަން ސަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.