މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ސަމާލުވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން މި މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށާއި ޢުމްރާވެރީންނަށް ޚާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް ވުޒާރާގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގެވުމަށް ވުޒާރާއިން އެދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ޢުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.