ރާއްޖެއަށް ކުރަމުންދާ ދުންފުހުގެ އަސަރާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ބަޔާނެއް ނެރެފި

ރާއްޖެއަށް ކުރަމުންދާ ދުންފުހުގެ އަސަރާއި ބެހޭގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބަޔާނެއް ނެރެފިއެެވެ.

މި ބަޔާނުގައި އެވުޒާރާއިން ބުނެފައިވަނީ، ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ދިވެހި ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުން ކަމަށާއި، މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށާއި އިޤްތިޞާދާއި ސިއްހީގޮތުން ނޭދެވޭ އަސަރުތަކެއްކުރުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަމައެއާއެކު ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ޤައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީގެތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެކަން އެވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.