މޫސުމީ ބަދަލުތަކަށް އަހުލުވެރިކުރުވުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ”ވިލުންވެށި ސްކޫލް ގާޑަން“ ޕްރޮގްރާމް އިފްތިތާހުކޮށްފި

މޫސުމީ ބަދަލުތަކަށް އަހުލުވެރިކުރުވުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ ”އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ“ މަޝްރޫއުގެ ދަށުން ”ވިލުންވެށި ސްކޫލް ގާޑަން“ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ 14 ފެބްރުއަރީ 2026 ގައި މީރުމާގައި ބޭއްވި އޮރިއެންޓޭޝަން ވޯކްޝޮޕެއްގައެވެ.

މި ވޯކްޝޮޕް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިބްރާހީމް މިމްރާހެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސްކޫލްތަކުގައި ދަނޑުވެރިކަމުގެ ތަފާތު ގޮތްތައް ތައާރަފްކޮށް، ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ކާނާއަށް ލޯބިޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

school

ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ސުޕްރިންޓެންޑެންޓް އިސްމާއީލް ސައުދުﷲ ވިދާޅުވީ، ކްލާސްރޫމްގައި އުނގަންނައިދޭ މިފަދަ ފިލާވަޅުތަކުގެ ބޭނުން ދަރިވަރުން އަމަލީ މައިދާނުގައި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ސްކޫލްތަކުގައި ހިންގޭ ގަސް އިންދުމުގެ ހަރަކާތްތަކަކީ ވެސް ތިމާވެއްޓަށް ލޯބިކުރާ، ޒިންމާދާރު އަދި ދުޅަހެޔޮ އާދަތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުގެ ތިން ސްކޫލެކެވެ. އެއީ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލެވެ. މި ސްކޫލްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް ބަގީޗާތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ވޯކްޝޮޕްގައި ސްކޫލްތަކާއި ކަމާގުޅޭ މިނިސްޓްރީތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމާއި، ދުޅަހެޔޮ ކާނާ ބޭނުންކުރުމަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

އީ.ސީ.އާރް.އެފް.އެސް މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް، އޯޝަން ރެސިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑް އަދި ދިވެހި ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރަށްތަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.