ރާއްޖޭގެ، 25 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ ’މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)‘ ގެ ދަށުން، ރާއްޖޭގެ 25 ދަނޑުވެރިން އެޑްވާންސްޑް ހޯޓިކަލްޗަރ އެކްސްޕޯޝަރ ޓްރެއިނިންގ އެއްގައި ސްރީލަންކާއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު 10 ދުވަހުގެ މުއްދަތައް (3 – 13 ފެބްރުއަރީ 2026) ކުރިއަށްދާނެއެވެ. ތަމްރީނު ތަކުގެ ތެރޭގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާގޮތުގެ މަޢުލޫމާތު އަދި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހޯޓިކަލްޗަރ އެކްޕޯޝަރ ތަމްރީނުގެ ބައިވެރިންގެ ގޮތުގައި ހިމެނިފައިވަނީ މެޕް ގެ ފަރާތުން ކުރިއަށް ގެންދެވުނު ލީޑް ފާމަރ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނު ތައް ފުރިހަމަ ކޮށްފައިވާ ބައިވެރިންނާއި އަދި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސް ގައި ދަނޑުވެރިކަން ކުރަންފަށައިވާ ދަނޑުވެރިންނެވެ.

މެޕް ޕްރޮޖެކްޓްގެ ތެރެއިން ތަމްރީނުތައް ދަނޑުވެރިންނަށް އަމާޒުކޮށްގެންވަނީ ކުރިއަށް ގެންދެވިފައެވެ. މިގޮތުން 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތަޢާރަފް ކުރެވިފައެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަމުގެ ގެންގުޅެންޖެހޭ ރަނގަޅު އާދަތައް އަދި މިންގަޑުތައް ދަސްކޮށްދީ ދަނޑުވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަގުނަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ. މި މިންގަނޑުތަކަށް އަޙުލުވެރިކުރުވައި ރާއްޖެއިން ބޭރުގައި ގެންގުޅޭ ދަނޑުވެރިކަމުގެ އެކިއެކި އުކުޅުތަކަށް ލޯހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މި ދަތުރުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ގެ ހިލޭއެހީގެ ދަށުންނެވެ.

މިއީ ދަނޑުވެރިންނަށް ފުރުޞަތު ހުޅުވާލެވިގެން، މިހާ ގިނަ ބައިވެރިންނާއި އެކު ކުރެވޭ ފުރަތަމަ ތަމްރީނު ދަތުރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.