ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ”ދޯސްތީ 17“ ފަށައިފި

ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ”ދޯސްތީ 17“ އިއްޔެ ފަށައިފިއެވެ. މި ތަމުރީނަކީ، ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓަރ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަޤުޞަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ޙަރަކާތެކެވެ. އަދި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން މި ތަމުރީނުތަކުގައި ބައިވެރިވަމުންނެވެ.

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރިލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު މެންދުރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ އޮފް ޑިފެންސް އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނު ދެއްކެވި ވާހަކަފުޅުގައި، ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

16 ޖަނަވަރީ އިން 19 ޖަނަވަރީގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ”ދޯސްތީ 17“ ގައި ކަނޑުމަތީގެ ޙާދިޘާތަކުގައި ޙާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަޙައްދުގެ ސަވައިލެންސް އަދި މުވާޞަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ ”މާޕޯލް“ (MARPOL) ތަމުރީނުތައް ހިމެނެއެވެ. މި ޙަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަރސައިޒެކެވެ.

މި އަހަރުގެ ”ދޯސްތީ“ ޙަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ ”ޖޮއިންޓް ޓްރެއިނިންގ“ ތަކާއި ”މެރިޓައިމް އިންފޮމޭޝަން“ ޝެއަރކުރުމުގެ ތަމުރީނުތަކެވެ. މީގެ ސަބަބުން މި ޙަރަކާތުގެ ބައިވެރިންނަށް އެކަކު އަނެކެއްގެ ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގައި އޮންނަ ޕްރޮފެޝަނަލް ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން، އިންޑިއާއާއި ސްރީލަންކާގެ ކޯސްޓުގާޑުގެ އިސް އޮފިޝަލުންނާއި ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.