ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަބުރަށް ދަރިވަރުން ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަބުރަށް ދަރިވަރުން ފުރައިފިއެވެ.

ފަންނީ ތަމްރީނުގައި ބައިވެރިވުމަށް އިއްޔެ ފުރި މި ދަރިވަރުންނަކީ 2025 ޑިސެންބަރު 28ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ.

ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒަކީ، އެރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި ”ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ“ އެވެ. މި ސެންޓަރު ސަރުކާރަށް ހަދިޔާކުރެއްވުމުން އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މިމަރުކަޒުގައެވެ.

މި ތަމްރީނުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 66 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.