
”ބެލެނިވެރިންގެ ސައްލާ“ އަންނަ އަންގާރަ ދުވަހު ފެށުމަށް ނިންމައިފި
”ބެލެނިވެރިންގެ ސައްލާ“ގެ ނަމުގައި ހާއްސަ ސެޝަނެއްމި މަހު 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެފަރާތުން ބުނެފައިވާ ގޮތުގައި، މި ސެޝަންގައި ޑިޖިޓަލް ޒަމާނެއްގައި ބެލެނިވެރިކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދެވޭނެއެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ޔޫތު ހަބުގައެވެ.
”ބެލެނިވެރިންގެ ސައްލާ“އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.
މިސެޝަންގައި ބައިވެރިވުމަށް ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކޮށްލާށެވެ.



