ސިވިލް ކޯޓަށް މައުމޫން ހުށައެޅުއްވި މައްސަލަ ބަލައި ނުގަތް

 

ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރި ކުރުން އަނބުރާ ހޯދުމަށް ޕީޕީއެމްގެ ރައީސް މައުމޫން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބަލައި ނުގަތުމައް އެކޯޓުން ނިންމައިފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މައުމޫން ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ޕީޕީއެމްގެ މުސަތަޝާރު ރައީސް ޔާމީން އާ ޕީޕީއެމްގެ ހިމްގެވުން ހަވާލުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެއެވެ. އަލުން އެ ބާރުތައް އަނބުރާ ހޯދުމައް އެދި އެވެ.

މައުމޫން ހުށައެޅި މި މައްސަލާގައި ސިވިލް ކޯޓުން ބުނީ މި  މައްސަލަ ހުށައެޅުއްވީ އެ ކޯޓުގެ އިދާރީ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ކަމަށެވެ.

އެހެން ނަމަވެސް އެކޯޓުގެ އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަށް މައްސަލަ ހުށަހެޅޭނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ހިމެނޭ އިދާރީ މައްސަލަތައް ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް ސުޕްރީމް ކޯޓުގެ ސާކިއުލާގައިވާ ބަޔާންކޮށްފައިވާނޭ ކަމަށެވެ.

އެހެން ކަމުން ޕީޕީއެމްއަކީ ދައުލަތުގެ އިދާރާއަކަށް ނުވާތީ  އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް، ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައިވާއިރު މައުމޫން މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އޮކްޓޫމަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.