އެމް.އެން.ޔޫގެ އާކިޓެކްޗަރ ދަރިވަރުން ޑިޒައިން ވޯކްޝޮޕެއްގައި ބައިވެރިވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި އޮސްޓްރޭލިޔާގެ ކަރޓިން ޔުނިވާސިޓީ (ޕަރތް)ގެ އާކިޓެކްޗަރ ދަރިވަރުން ވަނީ ޚާއްސަ ޑިޒައިން ވޯކްޝޮޕެއްގައި ބައިވެރިވެފަ އެވެ.

މި ވޯކްޝޮޕްގައި، ކަރޓިން ޔުނިވާސިޓީގެ ދަރިވަރުންގެ ފަރާތުން ވަނީ ހދ.ކުޅުދުއްފުށީގައި އާންމުން އެއްވެ އުޅުމަށް ގާޢިމުކުރެވިދާނެ މާހާޢުލަކާއި ގުޅޭ ޑިޒައިންތައް ފަރުމާކޮށް، ހުށަހަޅާފައެވެ. އަދި އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު އެ ދަރިވަރުންގެ ޑިޒައިންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ޑިޒައިންތަކަށް ބޭނުންވާ މުހިއްމު ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން، ދަރިވަރުންގެ މެދުގައި، އެ ދަރިވަރުން ފަރުމާކޮށްފައިވާ ޑިޒައިންތަށް ހިއްސާކޮށް، ދިވެހިރާއްޖެ އަދި އޮސްޓްރޭލިޔާގެ ސަޤާފަތާއި އަދާކާދަޔާއި ގުޅޭ ޑިޒައިންތައް ފަރުމާކުރުމާއިމެދު ވަނީ މަޝްވަރާކުރެވިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކި ޤައުމުތަކުގެ މަޤްބޫލް ޔުނިވާސިޓީތަކާއި ގުޅިގެން ދިވެހިރާއްޖެއަށް މުޙިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ސަރުކާރުން ދަނީ އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 2027 ވަނަ އަހަރަށް ރޭވިފައިވާ ވޯކްޝޮޕްތަކުގެ ތެރެގައި، އެމް.އެން.ޔޫގެ އާކިޓެކްޗަރ ދަރިވަރުންގެ ތެރެއިން ކަނޑައެޅިފައިވާ ދަރިވަރުންތަކެއް ތޮޅެންދޫއަށް ޒިޔާރަތްކޮށް ކަރޓިން ޔުނިވާސިޓީގެ ދަރިވަރުންނާއި ގުޅިގެން ޑިޒައިން ޕްރޮޖެކްޓްތަކާއި ގުޅޭ މަސައްކަތްކުރުމަށް ވަނީ ރޭވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.