ކަރާޓޭ މުބާރާތުން ދުނިޔެގެ ޗެންޕިއަންކަން ފަލަސްތީނުގެ މަރްޔަމް އަށް

ޕޮލެންޑުގައި ބޭއްވި ދުނިޔޭގެ ކަރާޓޭ މުބާރާތުން ފަލަސްތީނުގެ މަރްޔަމް ބިޝާރަތު ރަން މެޑަލް ހޯދައިފި އެވެ.

ޕޮލެންޑުގެ ބިއެލްސްކޯ-ބިއަލާގައި ކުރިއަށްދިޔަ ”ވޯލްޑް ކެޑޭޓް، ޖޫނިއާ އެންޑް ޔޫ-21 ކަރާޓޭ ޗެމްޕިއަންޝިޕް“ ގެ 66 ކިލޯއިން ދަށުގެ ކުމިޓޭ ބައިން ފަލަސްތީނުގެ މަރްޔަމް ބިޝާރަތު ރަން މެޑަލް ކާމިޔާބުކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުބާރާތުގެ ފައިނަލްގައި ސްޕެއިންގެ ނޯއާ ލޮޕޭޒް ގޮންޒާލޭޒްއާ ބައްދަލުކޮށް މަރްޔަމް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލަށް ދިއުމުގެ މަގުމަތީގައި އޭނާ ވަނީ ޖަޕާނުގެ ވަރުގަދަ ކުޅުންތެރިއަކުވެސް ބަލިކޮށްފަ އެވެ.

މިއީ މަރްޔަމް މި މުބާރާތުގެ ރަން މެޑަލް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އޭނާއަކީ މިހާރުވެސް ވޯލްޑް ކަރާޓޭ ފެޑެރޭޝަން (WKF) ގެ ޖޫނިއާ އަންހެން 66 ކިލޯއިން ދަށުގެ ރޭންކިންގެ އެއްވަނަ އެވެ.

ދުނިޔޭގެ އަދި އޭޝިއާގެ މުބާރާތްތަކުގެ އިތުރުން ޔޫތު ލީގުގައިވެސް މަރްޔަމް ހޯދަމުންދާ ކާމިޔާބީތަކަކީ ބައިނަލްއަޤްވާމީ ކަރާޓޭ މައިދާނުގައި ފަލަސްތީނުގެ ނަން ފަވާލެވޭ  ކާމިޔާބީތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.