އުރުދުންގެ އަސްކަރީ މައުރަޒުގައި އިސްރާއީލުން ބައިވެރިއެއް ނުކުރާނެ

އުރުދުންގައި ބާއްވާ ޚާއްޞަ އަސްކަރީ މައުރަޒެއްގައި އިސްރާއީލުން ބައިވެރިވާކަމަށް ދެކެވޭ ވާހަކަތައް އެޤައުމުން ދޮގުކޮށްފި އެވެ.

އުރުދުންގައި ބޭއްވުމަށް ހަމަޖެހިފައިވާ ’ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް އެގްޒިބިޝަން އެންޑް ކޮންފަރެންސް‘ (ސޯފެކްސް) ގައި އިސްރާއީލުން ބައިވެރިނުވާނެ ކަމަށް އަސްކަރީ މަސްދަރަކުން ކަށަވަރުކޮށްދީފައިވަނީ އިސްރާއީލުގެ އަސްކަރީ ކުންފުންޏެއް ކަމަށްވާ ’އެލްބިޓް ސިސްޓަމްސް‘ އިން މި މައުރަޒުގައި ބައިވެރިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޚަބަރުތަކާ ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ބައިނަލްއަޤްވާމީ މި މައުރަޒަކީ ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތަކާއި ޓެކްނޮލޮޖީއަށް ޚާއްޞާކޮށްގެން ބާއްވާ ހަރަކާތެކެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅު އުރުދުންގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަގަބާގަ އެވެ.

”މިއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް. ކޮންމެ ފަހަރަކު މި މައުރަޒު ބާއްވާ ދުވަސްވަރު މިފަދަ އަޑުތައް ފަތުރަނީ އޮޅުންބޮޅުން އުފައްދައި އުރުދުންގެ އަބުރު ކުޑަކުރުމުގެ މަގްސަދުގައި،“ އަސްކަރީ މަސްދަރުން ހާމަކުރި އެވެ.

މި މަސްދަރުން ހާމަކުރި ގޮތުގައި މިއަހަރުގެ މައުރަޒުގައި ބައިވެރިވާ ގައުމުތަކަކީ: އުރުދުން، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، މިޞްރު، ތުރުކީ، އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ، ޗެކް ރިޕަބްލިކް، ސްލޮވީނިއާ، ސްލޮވާކިއާ، ނޯވޭ، ސުވިޒަލޭންޑް، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ، ބަލްގޭރިއާ، ޔޫއޭއީ، އިޓަލީ، ސަޢޫދީ ޢަރަބިއްޔާ، ޕޮލެންޑް، އެސްޓޯނިއާ، ސްޕެއިން، ކެނެޑާ، އާޖެންޓީނާ، ބެލްޖިއަމް، ނެދަލޭންޑްސް، ރޫމޭނިއާ، ދެކުނު އެފްރިކާ، ފިލިޕީންސް، ސައިޕްރަސް، ތައިލޭންޑް، ލުބުނާން، ރަޝިޔާ، ނިއުޒީލޭންޑް އަދި ޕާކިސްތާނެވެ.

ސޯފެކްސް މައުރަޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އަސްކަރީ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދައްކާލުމަށާއި ޚާއްޞަ އޮޕަރޭޝަންތަކާއި ޤާއުމީ ސަލާމަތާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފުރުސަތު ހޯދައިދޭ މުހިންމު ބައްދަލުވުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.