ކެޓެނޭޓް ޕްރޮޖެކްޓުގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ކެޓެނޭޓް (CATENATE) ޕްރޮޖެކްޓުގެ ދަށުން އެކުލަވާލާފައިވާ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ ގޮތުގެ ޗާޓުތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ އޮނިގަނޑުތައް އަދި ގާނޫނީ އޮނިގަނޑަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް މުރާޖައާކޮށް، ފާސްކުރުމަށްޓަކައި ބޭއްވި ޚާއްސަ ވެލިޑޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލްތަކުގެ މަންދޫބުންނާއި، ދާއިރާގެ މުހިންމު އެކި ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން އެކުލަވާލެވިފައިވާ ”ރިސޯސް ޔޫސް މެޕްސް“ އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިންގާ ބަލަހައްޓާނެ ގޮތުގެ މޮޑެލްތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، އެ ލިޔެކިޔުންތައް ވެލިޑޭޓްކޮށް ހަރުދަނާކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ހިމާޔަތްކޮށް ބަލަހައްޓާ ސަރަހައްދުތަކާ ގުޅޭ ގާނޫނީ އޮނިގަނޑަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާ މެދު މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. އަދި މި ބަދަލުތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ވޯކްޝޮޕް ނިމިގެން ގޮސްފައިވަނީ ބައިވެރިންގެ ފަރާތުން އަގުހުރި ޚިޔާލުތަކަކާއި މަޝްވަރާތަކެއް ލިބި، ވަރަށް އުފެއްދުންތެރި އަދި ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ތިމާވެށި ރައްކާތެރިކުރުމަށް ކައުންސިލްތަކަށް ލިބިގެންދާ ބާރުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.