ފަތުރުވެރިކަމާއި ކްލައިމެޓް އެކްޝަންއާ ބެހޭ މަސައްކަތު ގްރޫޕުގެ ކޯ-ވައިސް ޗެއަރމަންކަން ރާއްޖެއަށް

ރިޔާޟް، ސަޢުދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ ޔޫ.އެން. ޓޫރިޒަމްގެ ޢާންމު މަޖިލީހުގައި، ރާއްޖެއަށް ފަޚުރުވެރި ވަގުތެއް ލިބިއްޖެ އެވެ.

ފަތުރުވެރިކަމާއި ކްލައިމެޓް އެކްޝަންއާ ބެހޭ އިންޓަރ-އިންސްޓިޓިއުޝަނަލް ވޯރކިންގ ގްރޫޕުގެ ކޯ-ވައިސް ޗެއަރގެ މަގާމަށް ރާއްޖެ ހޮވިފައިވާކަން ވަނީ އިއުލާންކުރެވިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.

މި މަސައްކަތު ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް ޑރ. ޢަބްދުﷲ ނިޔާޒު ވަނީ، މޫސުމީ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދިވެހިރާއްޖެއިން ވެފައިވާ ވަޢުދު އަލުން ތަކުރާރުކުރައްވާފަ އެވެ.

ފަތުރުވެރިކަމަކީ ކްލައިމެޓް އެކްޝަންއަށް މަގެއް ކަމުގައި ހެދުމަށް ދިވެހިރާއްޖެއިން ދެމިތިބޭނެ ކަމަށް ޑރ. ނިޔާޒު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވައި، މި މަސައްކަތު ގްރޫޕުގައި މުހިންމު ދައުރެއް އަދާކުރުމަކީ ރާއްޖެއަށް ލިބުނު ފަޚުރެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ގްރޫޕުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ސިނާއަތުން މޫސުމީ ބަދަލުތަކަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަމަށް އެކިއެކި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް ވާއިރު، މި ގްރޫޕުގެ ކޯ-ވައިސް ޗެއަރގެ މަގާމުން އެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.