
ހަމާސްގެ އަސްކަރީ ބާރު ދިނީ ސަމާލަތީ ހުސްކަމަކަށް އައިދާނެތީ – ޓްރަމްޕް
ހަނގުރާމަ ހުއްޓާލުމާއެކު، ހަމާސްގެ އަސްކަރީ ބާރުތައް މުޅި ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި ޙަރަކާތްތެރި ވުމަށް ރުހުންދިނީ، ސަލާމަތީ ހުސްކަމެއްގެ ތެރެއަށް ޣައްޒާ ދިޔަ ނުދިނުމަށް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފި އެވެ.
ހުކުރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށިތާ ގަޑިއެއްހާއިރު ފަހުން ހަތިޔާރު އެޅި ހަމާސްގެ މެމްބަރުން ޚާން ޔޫނިސް އާއި އެހެން ހިސާބުތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވާތަން ފެނިގެން ދިޔައެވެ.
އިސްރާއީލުގެ ކްނެސެޓްގައި ޓްރަމްޕް ދިން ތާރީހީ ތަގުރީރުގައި، ހަމާސްއިން ޣައްޒާގެ ސލާމަތީކަން ބަލަހައްޓާނެ ކަމަށް ބުނެފައިވާއިރު، މެދުއިރުމަތީގައިވާ އިސްރާއީލާ ދެކޮޅު ބާރުތައް މުޅިން ބަލިވެފައިވާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
ޓްރަމްޕް ބުނީ، އިސްރާއީލަށް މިހާރު މެދުއިރުމަތީގެ ގައުމުތަކާއެކު، ނޯމަލައިޒޭޝަން އެއްބަސްވުންތައް އެކުލަވާލުމަށާއި، އިތުބާރު އުފެއްދުމަށް އަލުން ފޯކަސް ކުރެވިދާނެ ކަމަށެވެ.
”ހުރިހާ ޙަޟާރަތެއްގެ ދުޝްމަނުން ތިބީ ފަހަތަށް ޖެހިފަ. އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ދިގު އަދި ވޭންދެނިވި ހުވަފެން އެންމެ ފަހުން ނިމިއްޖެ. މިއީ އިސްރާއީލާއި މެދުއިރުމައްޗަށް ވެސް ވަރަށް ނާޒުކް ވަގުތެއް“ އޭނާގެ ތަޤްރީރުގައި ވަނީ ބުނެފައެވެ.