ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ 49 ވަނަ ޕަބްލިކް އޯޑަރ ތްރޭނިންގ ކޯސް ނިންމާލުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިހިނގާ އޮކްޓޫބަރު 10 ވަނަ ދުވަހު އދ. މަހިބަދޫގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ކޯހުގެ ބައިވެރިންނާއި ވަނަވަނައަށް ދިޔަ އޮފިސަރުންނަށް ސެޓިފިކެޓުތައް ހަވާލުކޮށްދެއްވާފައިވަނީ، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި އދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަޒްމީލްއާއި، ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު އަބްދުލްހަކީމް އަދި ކޯހުގެ މުދައްރިބުންނާއި ބައިވެރިންގެ އިތުރުން އަދ. އަތޮޅު ފުލުހުން ބައިވެރިވެލެއްވި އެވެ.

ސެޕްޓެމްބަރު 6 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް މަހިބަދޫގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްރީނު ކުރެވުނެވެ.

އަދި ފުލުހުން ބޭނުންކުރާ ލެސް ލީތަލް ހަތިޔާރު ބޭނުންކުރުމަށް ތަމްރީނު ދިނުމުގެ އިތުރުން، ކޯހުގެ ތެރެއިން ކިޔަވައިދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އަންހެން ހަތަރު ފުލުހުންނާއި 26 ފިރިހެން ފުލުހުން ބައިވެރިވި މި ކޯހުން އެއްވަނަ ދަރަޖަ ހޯދާފައިވަނި ކޮންސްޓަބަލް އަބްދުﷲ ޒިޔާން އަލީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.