އެލް.އެލް.އެފް ފަންޑުގެ ޑޯނަރ މިޝަން ތ. ހިރިލަންދޫއަށް ޒިޔާރަތްކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުންތަކެއް ގެނައުމަށް އަމާޒުކޮށް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑު (އެލްއެލްއެފް) ގެ ޑޯނަރ މިޝަންގެ ވަފުދު ތ. ހިރިލަންދޫއަށް ޒިޔާރަތްކޮށްފި އެވެ.

މި ވަފުދަށް ތ. ހިރިލަންދޫ ކައުންސިލުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ވަފުދުގައި މިނިސްޓަރ އަޙްމަދު ޝިޔާމްގެ އިތުރުން، އެސް.ޑީ.އެފް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން، އަދި އެސް.ޑީ.އެފް.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު މީޒާ އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި އާރް.އެސް.ޑަބްލިއު ނިޒާމުތައް ހަރުކޮށްފައިވާ ދޯނިތަކުގެ ތަޖުރިބާ ދެނެގަތުމެވެ.

މި ދަތުރުގެ ތެރޭގައި ”ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީ ސެކްޓަރ އިން މޯލްޑިވްސް“ މަޝްރޫޢުގެ ދަށުން އާރް.އެސް.ޑަބްލިއު ނިޒާމުތައް ހަރުކުރި ފުރަތަމަ އުޅަނދުތަކަށް ޑޯނަރ މިޝަންގެ ބޭފުޅުން ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ މަސްވެރިންނަށް މި ނިޒާމުތަކުގެ ސަބަބުން ލިބެމުންދާ ފަސޭހަތަކާއި ކުރިއެރުންތައް ގާތުން ދެނެގަތުމެވެ.

ތ. ހިރިލަންދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި، މިނިސްޓަރ އަޙްމަދު ޝިޔާމް އާއި އެލްއެލްއެފް ފަންޑުގެ ޑޯނަރ ވަފުދުގެ މަންދޫބުން ވަނީ ރަށުގެ މަސް ޕްރޮސެސްކުރާ މުޖުތަމަޢުއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާއެކު މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި، ”ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީ ސެކްޓަރ އިން މޯލްޑިވްސް“ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާކެޓް ލިންކޭޖް އެސެސްމަންޓާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މި އެސެސްމަންޓުގެ މަޤްޞަދަކީ މަސްވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ދިމާވާ ގޮންތަކާއި، މި ދާއިރާގައި ހުރި ފުރުޞަތުތައް ދެނެގަތުމެވެ.

މިނިސްޓަރ ޝިޔާމް އާއި އެލްއެލްއެފް ފަންޑުގެ ޑޯނަރ ވަފުދުގެ މަންދޫބުން ވަނީ ތ. ހިރިލަންދޫގެ ކުދި ފަންތީގެ މަސް ޕްރޮސެސްކުރާ ތަންތަނަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.

މި ޒިޔާރަތުގައި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މުޖުތަމަޢުއިން އިސްނަގައިގެން ކުރަމުންދާ ކުރިއެރުންތައް ވަފުދުގެ ބޭފުޅުންނަށް ފެނިގެން ދިޔަ އެވެ.

މިފަދަ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

މި ޒިޔާރަތަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުވުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.