އެފް.އެޗް.ޓީ.އެސް.އެމް.އެން،ޔޫ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މުހިއްމު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އާއި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދު، ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ރާވާ ހަމަޖެއްސުމަށްޓަކައި، އިބްތިދާއީ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދެފަރާތުގެ ދެމެދު ރިސާޗް މަސައްކަތްތަކުގައި ގުޅުން ބަދަހިކުރުމާއި، މިނިސްޓްރީގެ ފަންނީ ތަޖުރިބާ އާއި ލަފާ އެކަޑަމިކް ކަންކަމުގެ ތެރެއަށް ހިމެނުމެވެ. މިގޮތުން، މިނިސްޓްރީގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާތަކާއި، ފަންނީ މައުލޫމާތުތައް ފެކަލްޓީގެ ކިޔަވައިދިނުމުގެ ތެރެއަށް އެއްކޮށްލެވޭނެ އުޞޫލުތަކާއި ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސެޝަންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ. ހަމައެހެންމެ، އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާތަކާއި، ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބި، އެކުދިން ތަމްރީންކުރުމުގައި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެއެވެ.

މިފަދަ މަޝްވަރާތަކަކީ ދައުލަތުގެ މުއައްސަސާތަކާއި ތަޢުލީމީ މަރުކަޒުތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ޤައުމީ ތަރައްޤީއަށް އިތުރު ބާރެއް ގެނެސްދޭ ކަންކަމެވެ. މީގެ ސަބަބުން، ދެ ފަރާތުގެ މެދުގައި ދެމެހެއްޓެނިވި ގުޅުމެއް ބިނާވެ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަށް އިތުރު ހުނަރުވެރި ބަޔަކު ތަމްރީނުކުރުމަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.