މާލޭގައި ވޮކޭޝަނަލް ހައިސްކޫލެއް ހުޅުވަން ނިންމައިފި

ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން މަސައްކަތްތެރިކަމުގެ ތަޢުލީމު އުނގެނެން ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވޮކޭޝަނަލް ހައި ސްކޫލެއް ހުޅުވުމަށް ތައްޔާރުވެއްޖެ ކަމަށް ތަޢުލީމާއިބެހޭ ވުޒާއާއިން ހާމަކޮށްފި އެވެ.

”މާލޭ ވޮކޭޝަނަލް ހައިސްކޫލް (އެމް.ވީ.އެޗް.އެސް)“ ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ ސްކޫލާ ގުޅޭ ގޮތުން އެހެން މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމާއިބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައި ވަނީ، ސާނަވީ ތަޢުލީމު ނިންމުމަށްފަހު ދަރިވަރުންނަށް ކިޔެވުން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މި ސްކޫލުގައި ހިންގާ ޚާއްޞަ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި 10 ކޯހެއްގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިކަމާ ބެހޭގޮތުން ޕްރޮގްރާމްގައި އިތުރަށް މަޢުލޫމާތު ދެއްވަމުން  ވަޒީރު ވިދާޅުވީ، ވޮކޭޝަނަލް ޕާތްވޭއިން ކިޔަވާ ނިންމާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، މީގެ ސަބަބުން ދަރިވަރުންގެ ޤާބިލުކަމާއި ހުނަރު ހުރި ދާއިރާއަކުން ކުރިއަށް ދިޔުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ކޯސް ނިންމުމަށް ފަހު ވަޒީފާއަކަށް ދިއުމަށް އިހުތިޔާރުކުރާ ނަމަ އެ ފުރުޞަތު ލިބިގެންދާނެ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. 

އެމްވިއެޗްއެސްގައި ވޮކޭޝަނަލް ޕާތްވޭއަށް މަތީ ސާނަވީ ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 10 އޮކްޓޫބަރު 2025 އެވެ. ގޫގްލް ފޯމްސް މެދުވެރިކޮށް ފޯމު ފުރުއްވާނީ https://forms.gle/AbebAq3Eb2Bddepx5  ލިންކް މެދުވެރިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.