ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި

ރާއްޖޭގައި ބާއްވާ އަންހެނުންގެ އެންމެ ވާދަވެރި ފުޓްސަލް މުބާރާތްކަމުގައިވާ ”ކްލަބް މޯލްޑިވްސް ކަޕް ’18/30′ – 2025″ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުގެ އަންހެން ޓީމުން ހޯދައިފި އެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދާފައި ވަނީ، ރޭ ކުޅުނު ފައިނަލުގައި އެމްޕީއެލްއާ ވާދަކޮށް، 4-2 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވިފައި ވަނީ ޑީއެސްސީއަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ، ޖާޒީ ނަންބަރު 10، ޒަހްރާ އެވެ.
މީގެކުރިން ސިފައިންނާއި އެމްޕީއެލް ވެސް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން، ތިން ފަހަރު ހޯދައިފައެވެ. އަދި، ރޭގެ މޮޅާ އެކު ހަތަރުވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމްގެ ފަޚުރު ސިފައިންނަށް ވަނީ ލިބިފަ އެވެ.
ސެޕްޓެންބަރު 17އިން 26އަށް ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޑީއެސްސީ ފުޓްސަލް އަންހެން ޓީމުގެ ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް ހާސިލުކޮށްފަ އެވެ.
ޑީއެސްސީގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓަށް ހޮވިފައި ވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 20، ކޯޕްރަލް މައީޝާ ޢަބްދުލްހަންނާނެވެ.
މުބާރާތުގެ މާސްޓަރ އޮފް އެއިޓީން ތާޓީ (ބެސްޓް ކޯޗް) އެވޯޑް ހޯދީ ޑީއެސްސީގެ ލާންސް ކޯޕްރަލް ޢަލީ އިބްރާހީމެވެ.
އޭގެ އިތުރުން، މުބާރާތުގެ ”ބެސްޓް 5“ ގެ ތެރޭގައި ޑީއެސްސީގެ ޖާޒީ ނަންބަރު 17، ސްޓާފް ސާޖަންޓް މަރްޔަމް ރިފާއާއި، ޖާޒީ ނަންބަރު 20، ކޯޕްރަލް މައީޝާ ޢަބްދުލްހަންނާން އަދި ޑީއެސްސީގެ ޖާޒީ ނަންބަރު 10، ޒަހްރާ ހިމެނެއެވެ. މުބާރާތުގައި އެންމެ ގިނައިން ގޯލް ޖަހާފައި ވަނީ ޑީއެސްސީގެ ޖާޒީ ނަންބަރު 17، ސްޓާފް ސާޖަންޓް މަރްޔަމް ރިފާ އެވެ.
ހަތަރު ޓީމުގެ މެދުގައި މި ފަހަރު ކުރިއަށްދިޔަ އެއިޓީން ތާޓީ މުބާރާތުގައި ސިފައިންނާއި އެމްޕީއެލްގެ އިތުރުން ދެން ވާދަކުރީ ވެމްކޯއާއި ޕޮލިހެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.