ތާރީޚުގެ ތެރެއިން ޢީދު މިސްކިތް

ނޯޓް: މިލިޔުމަކީ ދިވެހި އާކައިވްސްއާއި ތާރީޚީ އެކިއެކި ފޮތްތަކާއި ޕޯސްޓުތަކުން މަޢުލޫމާތު ނަކަލުކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ދިވެހި ތާރީޚުގެ ތެރެއަށް ބަލައިލާނަމަ ފާހަގަކޮށްލެވޭ އެއްކަމަކީ އިހުގައި ހަދާފައިހުންނަ މިސްކިތްތަކުގެ ރީތިކަމާއި ފަންނުވެރި ކަމެވެ. ހިރިގަލުން އަޅާފައިވާ މިސްކިތްތަކުގައި ގައުތަކުގައި ކަނޑާނަގާފައި ހުންނަ އާޔަތްތަކުން ފެށިގެން، ތަނބެއްނެތި ގައުތައް އަތުރާފައި ހުންނަ ހުރުމުން، އިހުޒަމާނުގައި ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން މިސްކިތްތަކުގެ މޭސްތިރިކަމުން ފެނިގެންދެއެވެ.
ފޮޓޯއިން ތިޔަފެނިވަޑައިންނަވަނީ އެފަދަ އެއް މިސްކިތެވެ. މިފޮޓޯގައި މިވަނީ މީގެ 103 އަހަރު ކުރިން، 1922 ގައި އެޗް.ސީ.ޕީ. ބެލް ދުށް ދިވެހިރާއްޖޭގެ މަންޒަރުތަކުގެ ތެރެއިން ނަގާފައިވާ މާލޭ ޢީދު މިސްކިތުގެ ފޮޓޯއެކެވެ. ބެލް މިފޮޓޯނެގިއިރު ޢީދުމިސްކިތަށް 107 އަހަރުވެއްޖެއެވެ. އެހެންކަމުން މިހާރު މިމިސްކިތަކީ 210 އަހަރު ވެފައިވާ މިސްކިތެކެވެ.

އަދި މިމިސްކިތަށް ޢީދު މިސްކިތޭ ނަން ދެވުނީ ބުނެވޭގޮތުގައި އިހުޒަމާނުގައި ޢީދު ނަމާދު މުޅިންވެސް މިމިސްކިތުގައި ކުރެވުމުންނެވެ.
ތާރީޚީ ލިޔުންތަކުން ބުނާގޮތުން، މި މިސްކިތަކީ ކުރިން އެތަނުގައި ހުރި މިސްކިތް ބާވެގެން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ކަޅު ސުއްދުސަ ކައްތިރި ބަވަނަ މަހާރަދުން (1799-1835 މ.) މީލާދީން 1815 ވަނަ އަހަރުގެ ތެރޭގައި ބިނާކުރެއްވި މިސްކިތެކެވެ. ހިރިގަލުންނާއި ހައިވަކަރުން ހަދާފައިވާ މިމިސްކިތަކީ އިހުޒަމާނުގައި ދިވެހީންގެ ގަލުވަޑާމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ މިސްކިތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީދު މިސްކިތަށް ވަންނަދޮރުގެ ދެކުނު ފަރާތުން ފާރެއްގައި ގަލުން ބިންވަޅު ނަގާ ހަދާފައިވާ ސިއްކައެއް ވެއެވެ. މި ސިއްކާގައި ވަނީ މިސްކިތް ބިނާ ކުރެއްވި ރަދުންނާއި ބައެއް އެހެނިހެން ބޭބޭފުޅުންގެ ނަންތަކެވެ. އީދު މިސްކިތުގެ ހުޅަނގުން ވަރަށް ހާއްސަ މިމްބަރެއް ކުރިން ހުރެ އެވެ. އެއީ އީދު ދުވަހު ހުތުބާ ކިޔާ މީހާ ހުތުބާ ދޭން އަރާ މިމްބަރެވެ.

މީގެއިތުން މި މިސްކިތްދޮށުގައި ވަޅަކާއެކު ކުޑަ ވެވެއް ވެސް އޮތެވެ. އެ ވެވަށް ކިޔާ އުޅުނީ ކުޑަވެޔޮ މިހެންނެވެ. އީދު މިސްކިތުގެ އެކި ބެރިތައް ވަނީ ލާފެން ކޮށްގެން ލިޔެފަ އެވެ.

މި މިސްކިތުގައި މިންބަރު ބަހައްޓައިގެން ޢީދު ނަމާދުކުރަން ފަށާފައިވަނީ މިސްކިތް ބިނާކުރިތާ 103 އަހަރު ފަހުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ރަސްކަމުގައި 10 ޖުލައި 1918 ގައެވެ. އިހުގައި އީދު ނަމާދުގެ ޚުޠުބާ ކިޔުމަށްޓަކައި މައިދާނުގައި ބޭނުންކުރި މިންބަރު ހުރީ މިސްކިތުގެ ހުޅަނގު ފަރާތުގައެވެ.

ޢީދު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތަކުގެ ތެރެއިން އެންމެ ރީތި އެންމެ ފުރިހަމަ އެއްމިސްކިތެވެ. ޖާގަ އިތުރު ކުރުމަށް ފަހުން މިމިސްކިތުގައި ވަނީ ހިޔާ ލިބޭގޮތަށް ވަކިން ޖާގައެއް ހަދައި، މިސްކިތުގެ ޖާގަ އިތުރުކޮށްފައެވެ.
މިއީ ކުލަކޮށްފައިވާ އަސްލު ކަޅާއިހުދުގެ ފޮޓޮއެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.