އިސްރަށްވެހިންގެ ނާދީތަކުގައި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމް

އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގެ ތިން ވަނަ ދުވަހުގެ ސެޝަންތައް ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން މި ސެޝަންތަކުގައި ވަނީ ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުމާއި، ނާދީގައި ހިންގާ ޙަރަކާތްތަކާ ގުޅޭ ރިޕޯޓުތައް އެކުލަވާލާނެ ގޮތްތަކުގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަމައެހެންމެ، މިއަދުގެ ސެޝަންގެ ތެރެއިން ބައިވެރިން ވަނީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުމަށްޓަކައި، ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ ގުޅިގެން ހިންގާނެ ޙަރަކާތްތަކާއި، އިސްރަށްވެހިން މި ޙަރަކާތްތަކުގައި ބައިވެރިކުރުމަށް ކުރާނެ ކަންކަން ހިމެނޭ ޕްލޭނެއް ތައްޔާރުކޮށް ހުށަހަޅާފަ އެވެ.

4 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.