
ޖަޕާނުަގައި ކުއްލި ގޮތަކަށްދިވެެއްސަކު ނިޔާވެެއްޖެ
ދިވެހި ހާރިޖިއްޔާގެ ޒުވާން މުވައްޒަފަކު، ޖަޕާނުގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަޕާނުގައި ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ އެވެ. ހުރީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވާށެވެ. އޭނާ ޖަޕާނަށް ދިޔައީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
އަދި ނިޔާވި އިރު މަޑުކޮށްގެން ހުރީ ކޯހުގެ ގުރެޖުއޭޝަންއަށް ފަހު ރާއްޖެ އައުމަށެވެ.
އުމުރުން 29 އަހަރުގެ ތަސްނީމާގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.



