
ފޯރި ގަަދަ މުބާރާތެއް ކަމަށްވާ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި
2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށައިފިއެވެ. ގްރޫޕް ސްޓޭޖް ދެ ބަޔަކަށް ބަހާލައިގެން ކުރިއަަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ އަށް ޓީމް އަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ކުޅުދުއްފުޓަށް ނިސްބަތްވާ ހަތަރު ޓީމް އަކާައި ރަށުން ބޭރު ހަތަރު ޓީމް އެކެވެ.
އެގޮތުން ރަށުން ބޭރު ޓީމް ތަކަށް ބަލާަލާއިރު ހއ. ދިއްދޫގެ ޓީމް އަކާއި ށ. ކަނޑިތީމް ޓީމް އެއް ބައިވެރިވެފައިވާ ކަން ފާގަކޮށްލަން ޖެހެެއެވެ. މީގެ އިތުުރުން ރަށުން ބޭރުން މިބާރާތުގައި ދެން ވާދަ ކުރާނީ ނޮޅިވަރަންފަރުގެ ޓީމް އަކާއި ހަނިމާދޫ ޓީމް އެކެެވެ
ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވަމުން އަހްމަދު އަބްދުއްލާ (ރޯޒޭ) އިތުރަށް ވިދާޅުވީ މި މުބާރާތް ސަތާރަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ ޗެމްޕިއަން ޓީމް އަށް އެއްލަކަ ރުފިޔާ ހަމަޖެހިފައިވާ އިރު ރަނަރ ރަފް ޓީމް އަށް ފަންސާސް ހާސް ރުފިޔާ ވަނީ އިނާމެއްގެ ގޮތުގައި ހަމަޖައްސާފައެވެ