މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

އިސްލާމްދީނަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާ ކަމުގެ ދީން ކަމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ހުކުރު ހުތުބާގައި ބުނީ އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވެ ގެއްލުން ދިނުމަކީ މާތްވެގެންވާ އިސްލާމް ދީން ހުއްދަކުރާކަމެއް ނޫންކަމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހެޔޮކަންކަން ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައި ދިއުމަށާއި މުސްލިމުން ބައިބައި ނުވުމަށް ބާރުއަޅާ މިއަދު ކުކުރު ހުތުބާގައި ގޮވާލާފައިވާއިރު ރިވެތި އުސޫލުތަކަށް އިސްލާމްދީން ގޮވާލާފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ވާތީ ކަމަށްވެސް މި ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

އަދި އެހެން ކަމުން އިސްލާމީ މުޖުތަމައުއެއް ބިނާކުރުމަށް އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަމަށް ވެސް ހުތުބާގައި ހާމަކޮށްފައިވެއެވެ.

މިއަދުގެ ޚުތުބާ ހާއްސަކޮށްފައި ވަނީ މުސްލިމު އަޚާއަށް ހެޔޮކޮށް ހިތުމުގެ މައްޗަށްކަމަށްވާއިރު އިސްލާމް ދިނަކީ އުޚުއްވަތްތެރިކަމުގެ ދީން ކަމަށާއި އޯގާތެރިކަމާއި ރަހުމާއި ހަމްދަރުދީގެ ދީނެއްކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ ދީން ހުއްދަކުރާކަމެއް ނޫންކަން ތަކުރާރުކޮށް  ވަނީ ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ބުނީ އެއްބައިވަންތަކަމާއި އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ. އަދި އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވާފައިވާ ކަމަށާއި އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށްވެސް ހުތުބާގައި ހާމަކޮށްފައިވެއެވެ. އަދި އިސްލާމް ދީނަކީ ބައިބައިވުމަށް ފުރުސަތުދޭ ދީނެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށް ވާއިރު ބައިބައިވުމަށް ފުރުސަތުދޭ އުއްމަތެއް ނޫން ކަމަށްވާއިރު މުސްލިމުންގެ މިސާލަކީ ގަދަފަދަ ބިނާއެއްގެ މިސާލު ކަމަށެވެ.

އަދި އެއްބައިވަންތަކަން ގާއިމްކުރުމަކީ ﷲގެ ހަޟުރަތުގައި މުސްލިމުންގެ ދަރަޖަ މަތިވެރިވެގެންވާ ކަމެއް ކަމަށާއި އަދި މަތިވެރި ދަރުމަވެސް ހުރި ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުން ހުއްދަ ދީނެއް ނޫންކަމަށާއި އަދި އެ ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއް ނޫން ކަމަށް ވެސް ވަނީ ބުނެފައިވެއެވެ.

އެހެންކަމުން އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށްފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.