ޢުމުރުން 8 އަހަރުގެ މާރިޔާ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ގިނަބައެއްގެ ރުހުމާއި ލޯބި އޮހެރެނީ..

އިނގިރޭސިވިލާތުގެ އަވަށެއް ކަމަށްވާ ލޫޓަން އަށް ނިސްބަތްވާ މާރިޔާ އަސްލަމް އަކީ ޢުމުރުން އެންމެ 8 އަހަރުގެ ކުއްޖެކެވެ.

އެހެންނަމަވެސް އޭނާ ވަނީ މުޅި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް، ގިނަބައެއްގެ ރުހުމާއި ލޯބި ހޯދާފައެވެ. އަދި އޭނާއަކީ މިހާރު އެހެން މީހުންނަށް ކީރިތި ޤުރުއާން އުނގަންނައިދެވޭ ވަރުގެ ކުއްޖެއްވެސް މެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބިފައިވާ ޒުވާން މާރިޔާ އޮންލައިންކޮށް ޤުރުއާން ދަސްކޮށްދިނުމުގެ ޓިއުޓޯރިއަލް ސީރީސްއެއް ފަށާފައިވާ އިރު، އަށް އަހަރުގެ މާރިޔާ އަސްލަމަށް ވަނީ ’އިޖާޒާ‘ ނުވަތަ އިސްލާމިކް ސެޓްފިކެޓެއްވެސް ލިބިފައެވެ. އޭގެ މާނައަކީ ކީރިތި ޤުރުއާން ކިޔެވުމުގަ އާއި ހިތުދަސްކުރުމުގައި މާރިޔާ ވަނީ ވަރަށް މަތީ ދަރަޖައެއް ޙާޞިލްކޮށްފައި ކަމަށެވެ.

މާރިޔާ ބުނީ ކޮންމެ މުސްލިމަކުވެސް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ޖެހޭނެ ކަމަށާއި އޭނާ ކީރިތި ޤުރްއާން ކިޔަވަމުން ދިޔަ އިރު، އެއީ ވަރަށް ފަސޭހައިން ދަސްކުރެވިދާނެ އެއްޗެއް ކަމުގައި ފާހަގަ ކުރެވި، މުޅި ޤުރްއާން ހިތުދަސް ކުރުމަށް ޝައުޤުވެރިވީ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.