
ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ
ބަނޑޭރިކޮށީގައި ހުރި އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ލިބުނު ރިޕޯޓަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލާފާސްކުރިއިރު މަރުވެފައިވާ މީހަކު ފެނިފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ ފިރިހެނެކެވެ. އަދި އޭނާ ފެނުނު އެޕާޓްމަންޓަކީ މިވަގުތު ބޭނުންކުރަމުންދާ ތަނެއް ނޫން ކަން ވެސް އެނގިފައިވެ އެވެ.




ބޭ ނުން ނުކުރާ ތަނެއް ގަކިހިނެއް ވެގެންތަ މީހަކު މަރުވެފަ އޮންނާނީ.؟ މަރާލަފަ އެތަނަށް ލީ އެއް ނޫން ތަ؟
ބޭ ނުން ނުކުރާތަނެއްގަ މަރުވެފަ މީހަކު އޮންނާނީ ކިހިނެއްތަ؟