މޯދީއަށް ބަދުބަސް ބުނުން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ރާއްޖޭން ދީފި

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މެންބަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްވާ ގޮތަށް ބަދުބަސް ބުނި މައްސަލަ ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެގައުމަށް ދެއްވައިފިއެވެ.

މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މެންބަރުންތަކެއް އިންޑިއާއަށާއި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކަކީ ދިވެހި ސަރުކާރުގެ ވިސްނުން ނޫންކަމަށެވެ. އެހެންކަމުން މި އަމަލު ތަކުރާރުވިޔަ ނުދިނުމަށް މިހާރު ވަނީ ފިޔަވަޅުތަކެއް އަޅާފައިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޒަމީރު ވިދާޅުވީ، އެ މައްސަލައަށްފަހު އަދިވެސް ސޯޝަލް މީޑިއާގައި އިންޑިއާ އަދި ރާއްޖޭގެ އާންމުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަ ކުރެވުނު ނަމަވެސް މި މައްސަލާގައި ދެ ސަރުކާރުގެ ދެމެދުގައި ފުރިހަމަ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އިންޑިއާގެ ލަކްޝަދްވީޕްގެ ޓޫރިޒަމް ޕްރޮމޯޓް ކުރައްވައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާންމު ކުރެއްވި ވީޑިއޯއަކާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އެމަނިކުފާނަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވުމުން، އެމައްސަލަ ހޫނުވެ ޖެނުއަރީ 7 ގައި އެތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކުރިއެވެ. މި މައްސަލައިގައި ސަސްޕެންޑުކޮށްފައި ވަނީ، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގައެވެ.

އިންޑިއާއަށާއި ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް ސޯޝަލްމީޑިއާގައި ވާހަކަދެއްކި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރުމުން އެކަނި ނުފުދޭ ކަމަށާއި އެ ތިން ބޭފުޅުން ވަޒީފާއިން ވަކިކުރަން ޖެހޭނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި އޭރު ރިޕޯޓްކުރިއެވެ.

އެކަމާ ގުޅިގެން އިންޑިއާ ރައްޔިތުން ވަނީ ރާއްޖެއަށް ފާޑުކިޔައި ރާއްޖެ ބޮއިކޮޓުކުރަން ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއްވެސް ފެށިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.