ދިރާގު ރޯޑްރޭސް: ދުވުންތެރިން ހުޅުމާލެއަށް ދިއުމަށް ޚާއްޞަ ފެރީތަކެއް މާދަމާ ބާއްވަނީ..

މި އަހަރު ބާއްވާ ދިރާގު ރޯޑުރޭހުގައި ބައިވެރިވާ ދުވުންތެރިން ހުޅުމާލެއަށް ދިއުމަށް ޚާއްޞަ ފެރީތަކެއް ބޭއްވުމަށް ދިރާގުން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ ތިން ހާސް ދުވުންތެރިން ބައިވެރިވެފައިވާ މި ރޭހުގެ ދުވުންތެރިން ހުޅުމާލެއަށް ގަޑިއަށް ދެވޭނެ ގޮތް ހެދުމަށްޓަކައި ބާއްވާ ޚާއްޞަ ފެރީތައް ފުރާނީ ރަސްމީ ފާލަން ސަރަޙައްދުން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން މާދަމާ މެންދުރުފަހު 14:00 އިން 14:30 އާ ދެމެދު ރަސްމީ ފާލަން ސަރަހައްދުން ފެރީތައް ފުރުމަށް ހަމަޖެހިފައިވާއިރު، އެނބުރި އައުމަށް ފެރީތައް އޮންނާނީ އިރުއޮއްސި 18:30 އިން 19:30 އަށް ކަމަށެވެ.

މި ފެރީތަކަކީ ސީދާ ދުވުންތެރިންނަށް ޚާއްޞަ ފެރީތަކަށް ވާތީ، ފެރީން ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފާހެއް ވަނީ ދޫކުރަން ފަށާފައެވެ. އެގޮތުން މިއަދު މެންދުރުފަހު 14:00 އިން ފެށިގެން ދިރާގު ހެޑްއޮފީހުން އަންނަނީ ފާސް ދޫކުރަމުންނެވެ.

އަދި ފާސް ދޫކުރާނީ އައިޑީ ކާޑު ހިފައިގެން އައުމުން ކަމަށާއި ފުރަން ދާއިރު ބިބާއި ފާސް ގެންދަން ޖެހޭނެ ކަމަށާއި ފާސް ދޫކުރާނީ ކުރިން އަންނަ ފަރާތްތަކަށް އިސްކަންދީގެން ކޮންމެ ބިބަކަށް ފާހެއްގެ މަގުން ކަމަށް ދިރާގުން ބުނެއެވެ.

ހުޅުމާލޭ ފެރީ އޮޕަރޭޓްކުރާ އެމްޓީސީން ދިރާގުގެ އެދުމުގެ މަތިން މާދަމާ މެންދުރުފަހު އިތުރު ފެރީތަކެއް ބޭއްވުމަށް ނިންމާފައިވާ އިރު، ޢާއިލާތަކާއެކު ވަޑައިގަންނަވާ ބޭފުޅުން ވީހާވެސް ކުރިން ހުޅުމާލެއަށް ދިއުމަށް ދިރާގުން އެދެއެވެ.

އަދި އެހާ ގިނަ ބަޔަކު ހުޅުމާލެއަށް ދާތީ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި އެހެންކަމުން ހަމައެކަނި ދިރާގުގެ ފެރީއަށް ބަރޯސާނުވުމަށްވެސް ދިރާގުން އިލްތިމާސް ކުރެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.